Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 17:00
އަބްދުއްރަހީމް އަބްދުﷲ
އަބްދުއްރަހީމް އަބްދުﷲ
ޓްވިޓަރ
ކޮންގްރެސް ކޯލިޝަން
ޔާމީން ދޫކޮށްލުމަށް ގޮވާލައި މުޒާހަރަ ކުރަން ނިންމައިފި
މުޒާހަރާ އޮންނާނީ ބުދަ ދުވަހުގެ ރޭ ކާނިވާ ސަރަަހައްދުގައި

ކުރީގެ ރައީސް އަބްދުﷲ ޔާމީން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ކުރަން ކޮންގްރެސް ކޯލިޝަނުން ނިންމައިފިއެވެ. 

ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާގެ ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ކްރިމިނަލް ކޯޓުން އަމުރުކުރުމާ ގުޅީގެން އެމަނިކުފާނު ވަނީ މާފުށި ޖަލުގައި ބަންދުކޮށްފައެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ކޮންގްރެސް ކޯލިޝަނުން އަންގާރަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޔާމީންގެ ފަސް އަހަރު ވެރިކަމުގެ ތެރޭގައި 500 އަހަރު ވެސް ވެރިޔަކަށް ނުކުރެއްވޭ ވަރުގެ ހިދުމަތް އެމަނިކުފާނު ކޮށްދެއްވާފައިވާ ކަމަށެވެ. ހަމަ އެއާ އެކު ޔާމީން ޖަލުގައި އެއްމެ ސިކުންތަކު އޮންނަ ޖެހުނަސް އެކަމާ މެދު ހިތާމަ ފާޅުކުރާ ކަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން  ޔާމިން ދޫކޮށްލުމަށް ގޮވާލައި މުޒާހަރާ ކުރަން ނިންމާފައިވާ ކަމަށެވެ. 

''މާދަމާ ރޭ (ބުދަ) އޮންނާނެ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލައި އަޅުގަނޑުމެން ބާއްވާ އެއްވުމެއް. އަޅުގަނޑުމެންގެ ހުރިހާ ސަޕޯޓަރުން 8:30 އެތަނަށް (ކާނިވާ ސަރަހައްދަށް) ވަޑައިގެން ދެއްވުމަކީ އަޅުގަނޑުމެންގެ ވަރަށް ބޮޑު އެދުމެއް،'' އަބްދުއްރަހީމް ވިދާޅުވިއެވެ. 

އަބްދުއްރަހީމް މިހެން ވިދާޅުވެފައިވާއިރު، މީގެ ކުރިން ރައީސް ޔާމީންގެ ވެރިކަމުގައި އިދިކޮޅު ފަރާތްތަކުން މުޒާހަރާ އަށް ނިކުތުން އެމަނިކުފާނުގެ އިތުރުން ޕީޕީއެމް އިން ވަނީ ހަޖޫ ޖަހާފައެވެ. 

ޔާމީން ހައްޔަރު ކުރުމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހްމަދު ނިހާން ހުސައިން މަނިކް ވިދާޅުވީ، މި ސަރުކާރުން ޔާމީން ހައްޔަރު ކޮށްގެން އުޅެނީ ޖެއްސުމަށް ކަމަށާއި، އެމަނިކުފާނަށް ގެއްްލުން ދިނުމަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
19 ފެބްރުއަރީ 2019 | އަންގާރަ 14:19
ތިމަންނަ
Dollaru vagaa . Tinu vagu ,,,, Lan.'dayaa vaanee hama lan'dayaa
19 ފެބްރުއަރީ 2019 | އަންގާރަ 12:08
އަހަރުމެންވެސް
އަހަރުމެންވެސް ރޮއެފާ މުޒާހިރާކުރިން އަހަރުމެންގެ ދަރީ ކަރިލައިގެން މާލު ފަނާވެން، ރިވެރިމީހާ އަޅައެއްނުލި މިޔަދު ކީކޭބާތިބުނަނީއަ