Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 15:55
މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު
މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު
ޓްވިޓަރ
މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު
މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު ރާއްޖެ ވަޑައިގަންނަވަނީ
ރާއްޖެ ވަޑައިގަންނަވާނެ ކަމަށް މަހާތީރު ވިދާޅުވީ ރައީސް ސޯލިހުގެ ފަރާތްޕުޅުން ދެއްވި ދައުވަތުގައި

މެލޭޝިއާގެ ބޮޑުވަޒީރު މަހާތީރު މުހައްމަދު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރުއެމް އިން) ބުނެފިއެވެ. 

މަހާތީރު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ހާމަކުރެއްވީ އެމްއާރުއެމް އުފެއްދުމަށް އިލެކްޝަންސް ކަމިޝަނުން ހުއްދަ ދިނުމުން، އެޕާޓީން ދިން އިންޓަވިއުއެއްގައި ޕާޓީ އުފެއްދެވުމުގައި އިސްކޮށް އުޅުއްވާ ނާދިރާ އާއި އަބްދުﷲ ކަމާލުއްދީންއެވެ. 

އެމްއާރުއެމްގައި ހިމެނިވަޑައިގަންނަވާ ނާދިރާ އާއި އަބްދުﷲ ކަމާލުއްދީން ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މެލޭޝިއާއަށް ކުރައްވާ ދަތުރުފުޅުގައި ބައިވެރިވެ ވަޑައިގެންފައެވެ. އަދި އެ ދެ ބޭފުޅުން ވަޏީ ރައީސް މައުމޫނާ އެކު މަހާތީރާ ބައްދަލުކުރައްވާފައެވެ. 

ކަމާލުއްދީން ވިދާޅުވީ މަހާތީރު ރާއްޖެ ވަޑައިގެންނެވުމަށް ރައީސް އިބްރާހިމް ސޯލިހުގެ ފަރާތްޕުޅުން ދެއްވި ސިޓީފުޅެއް ރައީސް މައުމޫން އެރުއްވި ކަމަށެވެ. އަދި އެ ދައުވަތު ގަބޫލުކުރައްވާފައިވާ ކަމަށް ވިދާޅުވިއެވެ. އެހެން ނަމަވެސް ވަޑައިގަންނަވާނީ ކޮން ދުވަހެއްގައި ކަމެއް ވިދާޅުވެފައި ނުވާ ކަމަށް ކަމާލުއްދީން ވިދާޅުވިއެވެ. 

"އަޅުގަނޑާއި ނާދިރާ މިއައީ ރޭ މެލޭޝިއާ އިން. މެލޭޝިއާއަށް ކުރި ދަތުރަކީ މައުމޫން އަރިހުގައި މެލޭޝިއާގެ ބޮޑުވަޒީރު ރައީސް މައުމޫނަށް އެރުއްވި ދައުވަތެއްގައި އެމަނިކުފާނުގެ އަރިހުގައި އަޅުގަނޑުމެން ދެމީހުން އެމަނިކުފާނުގެ ފައިންޕުޅުދެކިލުމަށް އައި ދަތުރެއް...އެބައްދަލުވުމުގައި ރައީސް މައުމޫން ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފަރާތްޕުޅުން މެލޭޝިއާގެ ބޮޑުވަޒީރު ރާއްޖެ ވަޑައިގަތުމަށް ދައުވަތެއް އަރުއްވާފައިވާ ސިޓީފުޅެއް ދެއްވި. ދެން އެސިޓީފުޅުގައިވާ ދައުވަތު ބޮޑުވަޒީރު ވަނީ ގަބޫލުކުރައްވާފައި،" އަބްދުﷲ ކަމާލުއްދީން ވިދާޅުވިއެވެ. 

މެލޭޝިއާގެ ބޮޑުވަޒީރުކަމުގެ މަޤާމުގެ ހުވާ ޑރ. މަހާތީރު މުހައްމަދު ކުރައްވާފައި ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 10 ގައެވެ. މަހާތީރު ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައިވާއިރު މެލޭޝިއާގެ ކުރީގެ ބޮޑުވަޒީރު ވެސް ވަނީ މީގެ ކުރިން ރާއްޖެވަޑައިގަންނަވާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް