Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 15:21
ޑިފެންސް މިނިސްޓަރު މާރިޔާ
ޑިފެންސް މިނިސްޓަރު މާރިޔާ
މިނިސްޓްރީ އޮފް ޑިފެންސް
އެމްޑީޕީ
މިނިސްޓަރު މާރިޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅަން ޖެހޭ ސަބަބެއް ނެތް: އެމްޑީޕީ
އެފަދަ ކަމެއް ކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ އަމަލެއް
މިނިސްޓަރު މާރިޔާގެ މަސައްކަތަށް ތައުރީފު ހައްގު

ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ދިވެހި ރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ބުނެފިއެވެ. 

މިނިސްޓަރު މާރިޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމަށް ޕީޕީއެމްގެ ފަރާތުން ކުރަމުންދާ މަސައްކަތް ކުށްވެރިކޮށް އެމްޑީޕީން ބުނީ މިނިސްޓަރު މާރިޔާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލައެއް ހުށަހަޅަންޖެހޭ އެއްވެސް ސަބަބެއް ނެތްއިރު ޕީޕީއެމް އިން އެފަދަ ކަމެއް ކުރަން އުޅުމަކީ ޒިންމާދާރުކަން ކުޑަ ޢަމަލެއް ކަމަށެވެ.

އެމްޑީޕީން ބުނީ މިނިސްޓަރ އޮފް ޑިފެންސްކަމުގެ މަގާމާ މާރިޔާ ހަވާލުވެވަޑައިގެން ފުރަތަމަ ދުވަހުން ފެށިގެން މިއަދާ ހަމައަށް ވެސް އެކަމަނާ އެ މަގާމުގެ މަސްއޫލިއްޔަތާއި ވާޖިބު އަދާކޮށްފައިވަނީ ތައުރީފު ހައްގުވާ މިންވަރަކަށް ކަމަށެވެ. އަދި ރާއްޖޭގެ ގާނޫނުއަސާސީ އާއި ގާނޫނުތައް ނަގަހައްޓައި، ސިފައިންގެ ގަދަރާއި ޝަރަފު އުފުލައި، ރާއްޖޭގެ މިނިވަންކަމާއި އިސްތިޤްލާލު ދެމެހެއްޓެވުމުގެ ހަރުދަނާ މަސައްކަތްތައް އެކަމަނާ ކުރައްވާފައި ވަނީ ފާހަކުރަންޖެހޭ މިންވަރަށް ކަމަށެވެ.

މިނިސްޓަރު މާރިޔާގެ މައްޗަށް ފުރިހަމަ އިތުބާރު އެބައޮތްކަން ފާހަގަކޮށް އެމްޑީޕީން ބުނީ އެޕާޓީއަށް ނިސްބަތްވާ، ރައްޔިތުންގެ މަޖިލީހުގެ ހުރިހާ މެމްބަރުން އެކަމަނާގެ އިތުބާރު އޮތްކަމަށް ވޯޓުދޭނެ ކަމަށެވެ.

މަޖިލީހުގެ އެހެން ޕާރޓީތަކަށް ނިސްބަތްވާ މެމްބަރުން ވެސް މިނިސްޓަރު މާރިޔާ އިތުބާރު އޮތްކަމަށް ވޯޓްދޭނެ ކަމަށް ޔަގީން ކުރާ ކަމަށް އެމްޑީޕީން ވަނީ ބުނެފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް