Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 15:02
މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ)
މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ)
ސަން
ރައްޔިތުންގެ މަޖިލިސް
ޔޫސޭ މަޖިލީހަށް، މާފަންނު ދެކުނަށް!
ކުރިމަތިލެއްވީ އަމިއްލަ ގޮތުން
ކުރިން ވެސް ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި

މާފަންނު ދެކުނަށް އަމިއްލަ ގޮތުން ވާދަ ކުރެއްވުމަށް މަޝްހޫރު ކޮމޭޑިއަން ޔޫސުފް ރަފީއު (ޔޫސޭ) އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ފޯމު ހުށަހަޅުއްވައިފިއެވެ.

މީގެ ކުރިން ވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ކުރައްވައި ނާކާމިޔާބުވެވަޑައިގެންނެވި ޔޫސޭ، އަމިއްލަ ގޮތުން މަޖިލިސް އިންތިހާބުގައި ވާދަ ކުރެއްވުމަށް ނިންމަވައި، ފޯމު ހުށަހެޅުއްވީ ކުއްލި ގޮތަކަށެވެ. ފޯމު ހުށަހެޅުއްވުމުގެ ކުރިން ކުރިމަތިލައްވާނެ ކަމަށް އިއުލާނެއް ވެސް ނުކުރައްވައެވެ.

ޔޫސޭ މަޖިލީހަށް ކުރިމަތިލެއްވުމަށް ފަހު ޔޫސޭ އާންމު ކުރެއްވި ވީޑިއޯ މެސެޖުގައި ވިދާޅުވެފައި ވަނީ ރައްޔިތުން އޭނާއަށް ދެއްވާ ލޯތްބާއި އިހްތިރާމު މަޖިލީހުގެ އިންތިހާބުގައި ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

"އަބަދު ވެސް ތިބޭފުޅުން އަޅުގަނޑަށް ދެއްވާ ލޯތްބާއި އިހްތިރާމު، މިފަހަރު ވެސް ދެއްވާނެ ކަމަށް. އަބަދަށް ވެސް ދެއްވާނެ ކަމަށް. އަޅުގަނޑުގެ ހެޔޮ ދުއާ ވަނީ ތިބޭފުޅުންނާ އެކު. މިއީ އަޅުގަނޑު. ތިބޭފުޅުންގެ ޔޫސޭ،" މުނިފޫހިފިލުވުމުގެ ދާއިރާއިން ގައުމީ އިނާމު ހާސިލު ކުރައްވާފައިވާ ޔޫސޭ ވިދާޅުވިއެވެ.

ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ޔޫސޭއަކީ އިޖުތިމާއީ މައްސަލަތައް ރައްޔިތުންގެ ސަމާލު ކަމަށް ގެނައުމަށް ކޮމެޑީ ސިލްސިލާތަކެއް ގެނެސް ދެއްވި ބޭފުޅެކެވެ. އެގޮތުން ކޮންމެ ރަމްޟާން މަހަކު ގެނެސްދޭ "ދިރިއުޅުމަކީ މިއީބާ" ގައި ވެސް ސިޔާސީ ކަންކަމަށް ފާޑުކިޔާފައި ވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
19 ފެބްރުއަރީ 2019 | އަންގާރަ 14:11
ތިމަންނަ
Thedhu Alifakah ve , Kuru Alifakah nuvaa ne kamah heekuran