Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 14:35
އީސީގެ މެމްބަރު އަހުމަދު އަކްރަމް
އީސީގެ މެމްބަރު އަހުމަދު އަކްރަމް
މުހައްމަދު ޝަރުހާން
އިލެކްޝަންސް ކަމިޝަން
ރިޔާސީ އިންތިޚާބުގެ ފަހުން އީސީގެ އޮފިޝަލުންނަށް ވާން އާންމުން ޖެހިލުންވޭ: އަކްރަމް
މަޖިލީސް އިންތިޚާބަށް 4500 އެއްހާ އޮފިޝަލުން އީސީއަށް ބޭނުންވޭ

ރިޔާސީ އިންތިޚާބަށް ފަހު އޮފިޝަލުންނަށް ދިމާވި ބިރުދެއްކުމުގެ ކަންތައްތަކާ ގުޅިގެން އޮފިޝަލުންނަށްވާން މީހުން ޖެހިލުންވާ ކަމަށް އިލެކްޝަންސް ކަމިޝަނުން ބުނެފިއެވެ.

އިލެކްޝަން ސެންޓަރު ހުންނަ ބާ ޖަމާލުއްދީނުގައި މިއަދު ނޫސްވެރިންނާ ބައްދަލު ކުރައްވާ ވާހަކަ ދައްކަވަމުން އަކްރަމް ވިދާޅުވީ އަންނަ އެޕްރީލް މަހު ބާއްވާ މަޖިލިސް އިންތިޚާބުގައި އީސީގެ އޮފިޝަލުންގެ ގޮތުގައި މަސައްކަތް ކުރުމަށް އާންމުން ޖެހިލުންވާ ކަމަށާާއި އޭގެ ސަބަބުން އޮފިޝަލުން ހޯދަން ދަތިވާ ކަމަށެވެ. އަދި ޖެހިލުން ވަނީ ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ދިމާވި ބިރުދެއްކުމާއި ހައިޖެކް ކުރުމުގެ ކަންތައްތަކުގެ ސަބަބުން ކަމަށް އަކްރަމް ވިދާޅުވިއެވެ.

"އިންތިޚާބަށް ފަހު އެ ބޭފުޅުންނަށް ބިރުދެއްކުމާއި ހައިޖެކް ކުރުމާއި ނާންގާ ތަންތަނަށް ގެންދިއުން ކަހަލަ ބިރުވެރި ކަންތައްތަކާ ދިމާވީމަ އެކަމަށް ވަރަށް ގިނަ ފަރާތްތަކުން ފަސްޖެހުމުން ދަނީ،" އަކްރަމް ވިދާޅުވިއެވެ.

އޮފިޝަލުން ހޯދުމަށް ސިޔާސީ ޕާޓީތަކާއި ސިވިލް ސާވިސް ކޮމިޝަންގައި އަދި ދައުލަތުގެ ކުންފުނިތަކުން ވެސް އެހީތެރިކަން ފޯރުކޮށްދިނުމަށް އެދިފައިވާ ކަމަށް އަކްރަމް ވިދާޅުވިއެވެ. އަދި ހުރިހާ ފަރާތްތަކުން ވެސް އެކަމަށް އެއްބާރުލުން ދެއްވާނެ ކަމަށް ވިދާޅުވެފައިވާ ކަމަށް ވެސް އަކްރަމް ވިދާޅުވިއެވެ.

އަކްރަމް ވިދާޅުވީ އަންނަ މަޖިލީސް އިންތިޚާބަށް 4500 އެއްހާ އޮފިޝަލުން އެކަމިޝަނަށް ބޭނުންވާ ކަމަށެވެ. އެހެން ނަމަވެސް އިއުލާންކޮށްގެން މިހާތަނަށް ލިބުނީ 1800 އޮފިޝަލުން ކަމަށް ވިދާޅުވިއެވެ. 

މަޖިލީހުގެ އިންތިޚާބު މޮނިޓަރ އަދި އޮބްޒާވް ކުރަން ބޭނުންވާ ފަރާތްތަކަށް އެކަމަށް ކުރިމަތިލުމުގެ ފުރުޞަތު މި މަހުގެ 28 އާ ހަމައަށް އީސީ އިން ވަނީ އިތުރުކޮށްފައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
20 ފެބްރުއަރީ 2019 | ބުދަ 06:47
Hajee
Vagun gina v ma election ga