Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 11:49
އެސްޓިއޯގެ ބޯޑުން ވަކިކުރެއްވި އިސްމާއިލް ޔާސިރް
އެސްޓިއޯގެ ބޯޑުން ވަކިކުރެއްވި އިސްމާއިލް ޔާސިރް
ސަން އޮންލައިން
އެސްޓިއޯ
އެސްޓިއޯގެ ބޯޑުން ޔާސިރު ވަކިކޮށްފި
ޔާސިރު އެސްޓިއޯގެ ބޯޑު ކަމުން ވަކިކުރެއްވީ އޭނާ އެ މަގާމަށް އައްޔަންކުރެއްވިތާ ދެ ހަފްތާ ފަހުން

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)ގެ ބޯޑްއިން މ. ހުއިވަނި އިސްމާއިލް ޔާސިރު، ވަކިކޮށްފި އެވެ.

ޔާސިރު އެސްޓިއޯގެ ބޯޑުން ވަކިކުރެއްވީ އޭނާ އެ މަގާމަށް އައްޔަންކުރެއްވިތާ ދެ ހަފްތާ ފަހުން އިއްޔެގައި ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ނެވެ. ނަމަވެސް އެސްޓީއޯގެ ބޯޑުން ޔާސިރު ވަކިކުރެއްވީ ކޮން ސަބަބަކައި ގުޅިގެންކަން ސާފުވާގޮތް ވަނީ ނުވެފަ އެވެ.

އެސްޓީއޯގެ ބޯޑުގައި މި ވަގުތު ހިމެނިވަޑައިގަންނަވަނީ އާންމު ހިއްސާދާރުން ތަމްސީލު ކުރައްވާ ޑިރެކްޓަރު އައިޝަތު ފަޒީނާ، ޑިރެކްޓަރު އާމިރު މަންސޫރާއި، މެނޭޖިން ޑިރެކްޓަރު މުހައްމަދު އަމްރު، އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު މިހާދު، މަރިޔަމް ޒާހިޔާ އެވެ.

އެސްޓީއޯގެ ބޯޑުން ޔާސިރު ވަކިކުރެއްވިއިރު، އަދިވެސް ބައެއް ކުންފުނިތަކުގެ ބޯޑަށް މެމްބަރުން އައްޔަންނުކުރެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
19 ފެބްރުއަރީ 2019 | އަންގާރަ 18:16
ޕަޕެޓް
ޕްރައިވެޓައިޒޭޝަން ބޯޑް މިހާރު ސިޔާސީ ވެއްޖެ ކަންތަށް ނިންމަނީ ފިނޭންސް މިނިސްޓަރ