ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 08:36
ޔުނައިޓެޑު ކުޅުންތެރިން އުފާފާޅުކުރަނީ
ޔުނައިޓެޑު ކުޅުންތެރިން އުފާފާޅުކުރަނީ
ޓްވިޓަރ
އެފްއޭ ކަޕް
އެފްއޭ ކަޕް: ޗެލްސީ ބަލިކޮށް ޔުނައިޓެޑު ކުއާޓާއަށް
 
ޗެލްސީގެ މައްޗަށް ޔުނައިޓެޑު ކުރިހޯދީ 0-2 ގެ ނަތީޖާއަކުން

އެފްއޭ ކަޕްގައި ޗެލްސީ ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑު ކުއާޓާ ފައިނަލުން ޖާގަ ހޯދައިފިއެވެ.

ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗު ޗެލްސީއާ ވާދަކޮށް ޔުނައިޓެޑުން މެޗު ކާމިޔާބުކުރީ 0-2 ގެ ނަތީޖާއަކުންނެވެ.

ޗެލްސީ ދަނޑުގައި ކުޅުނު މި މެޗު ފެށިގެން އެޓީމުގެ ފަރާތުން ހަމަލާތަކެއް ފެނިގެންދިޔައެވެ. ނަމަވެސް ޔުނައިޓެޑުގެ ކީޕަރު ރޮމޭރޯ ވަނީ ޗެލްސީގެ ހަމަލާތައް ދިފާއު ކޮށްފައެވެ.

ޗެލްސީން ރަނގަޅަށް ކުޅެމުން ދިޔަ ނަމަވެސް ޔުނައިޓެޑުން ވަނީ 31 ވަނަ މިނެޓުގައި މެޗުގެ ލީޑު ނަގާފައެވެ. މި ލަނޑު ޕައުލް ޕޮގްބާގެ އެހީތެރިކަމާއެކު ކާމިޔާބުކުރީ އެންޑާ ހެރޭރާއެވެ.

ޔުނައިޓެޑުން ލީޑު ފުޅާ ކުރީ 45 ވަނަ މިނެޓުގައެވެ. މި ލަނޑު ކާމިޔާބުކުރީ މާކަސް ރަޝްފޯޑް ނަގައިދިން ހުރަހަކުން ޕޮގްބާއެވެ.

ފުރަތަމަ ހާފް ނިމުނީ 0-2 ގެ ނަތީޖާއިން ޗެލްސީގެ މައްޗަށް ޔުނައިޓެޑު ކުރީގައި އޮވެގެންނެވެ.

ދެވަނަ ހާފް ފެށިގެން ޗެލްސީން އެޓީމުގެ އެޓޭކްތައް ވަރުގަދަކުރިއެވެ. އެގޮތުން ފުލުފުލުގައި ގިނަ ހަމަލާތަކެއް އެޓީމުން ވަނީ ޔުނައިޓެޑުގެ ގޯލަށް ފޮނުވާލާފައެވެ.

ނަމަވެސް ޔުނައިޓެޑުން ވަނީ ދެވަނަ ހާފްގައި މޮޅު ޑިފެންސެއް ކުރުމުގެ އިތުރުން ލީޑު އިތުރަށް ފުޅާކުރުމަށް ވެސް ގިނަ ފުރުސަތުތަކެއް ތަނަވަސް ކޮށްފައެވެ.

ޔުނައިޓެޑުގެ އާ ކޯޗު ސޮލްޝާގެ އިރުޝާދުގެ ދަށުން ޔުނައިޓެޑު ރަށުން ބޭރުގައި މިހާތަނަށް ކުޅުނު 15 މެޗުވެސް އެޓީމުން ވަނީ ކާމިޔާބު ކޮށްފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
0%
0%
0%
0%
0%
0%
ކޮމެންޓް