Advertisement
ކ. މާލެ
|
19 ފެބްރުއަރީ 2019 | އަންގާރަ 00:56
ފުލުހުން މިރޭ ފެށި އޮޕަރޭޝަން
ފުލުހުން މިރޭ ފެށި އޮޕަރޭޝަން
ޕޮލިސް
ބްރިޖާއި ހައިވޭ
ބްރިޖާއި ހައިވޭގައި ޗެކްޕޮއިންޓްތައް ހަދައި ވެހިކަލްތައް ޗެކްކުރުމުގެ އޮޕަރޭޝަނެއް!
މި އޮޕަރޭޝަންގައި ޓްރެފިކް ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އަޅާނެ

މާލެއާއި، ބްރިޖާއި އަދި ހައިވޭގައި ފުލުހުންގެ ޗެކްޕޮއިންޓްތައް ގާއިމްކޮށް، ވެހިކަލްތައް ޗެކް ކުރުމުގެ އޮޕަރޭޝަންއެއް ފުލުހުން ހޯމަ ދުވަހުގެރޭ ފަށައިފިއެވެ.

 

ފުލުހުން މިރޭ ފެށި އޮޕަރޭޝަން

ހޯމަ ދުވަހުގެރޭ ފުލުހުން ބުނީ، މި ޚާއްސަ އޮޕަރޭޝަންގެ ބޭނުމަކީ، އެކްސިޑެންޓްތައް މަދުކޮށް ބާރު ސްޕީޑްގައި ދުއްވުމާއި ޓްރެފިކް ގާނޫނާއި ގަވާއިދުތަކާއި ޚިލާފު އަމަލުތައް ހުއްޓުވުމަށް މަސައްކަތް ކުރުންކަމަށެވެ.

ފުލުހުން ބުނީ ބާރު ސްޕީޑްގައި ދުއްވާ ފަރާތްތަކާއި ޓްރެފިކް ގަވާއިދުތަކާ ހިލާފުވާ ފަރާތްތައް ހުއްޓުވައި ފިޔަވަޅު އަޅާނެ ކަމަށެވެ.

މި ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓްތައް މާލެއާއި ބްރިޖް އަދި ހައިވޭގައި އިތުރު ވެފައިވާއިރު، މިދިޔަ އަންގާރަ ދުވަހު މަގުހުރަސްކުރަން އުޅުނު އަންހެނެއްގެ ގައިގައި ކާރަކުން ޖެހި ލިބުނު ޒަޚަމްތަކަށް އެމީހާއަށް ފަރުވާދެމުންދަނީމ އައިސީޔޫގައެވެ. އަދި މިދިޔަ ހޮނިހިރު ދުވަހުގެރޭ ހައިވޭގައި ދުއްވި ކާރެއް ކޮންޓްރޯނުވެގެން ގޮސް ހިނގި އެކްސިޑެންޓްގައި އެކާރު ވަނީ ބޭނުން ނުކުރެވޭ މިންވަރަށް ހަލާކުވެފައެވެ. އަދި ހައިވޭގެ އަރިމަތީ ފެންސަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ލިބިފައެވެ. މި އެކްސިޑެންޓްގައި މީހަކަށް މާބޮޑު ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ހައިވޭގައި ހޮނިހިރު ދުވަހުގެރޭ އެކްސިޑެންޓްވި ކާރު
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް