Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 19:50
މިނިސްޓަރު ޝާހިދު ހާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާ އެކު އެމެރިކާ ދަތުރުފުޅަށް ފުރާވަޑައިގަންނަވަނީ
މިނިސްޓަރު ޝާހިދު ހާރިޖީ ވުޒާރާގެ އިސް ބޭފުޅުންނާ އެކު އެމެރިކާ ދަތުރުފުޅަށް ފުރާވަޑައިގަންނަވަނީ
ހާރިޖީ ވުޒާރާ
މިނިސްޓަރ ޝާހިދުގެ ދަތުރުފުޅު
ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯގެ ދަައުވަތަކަށް ޝާހިދު އެމެރިކާއަށް
މި ދަތުރުފުޅުގައި ސެކްރެޓަރީ ޕޮމްޕެއޯގެ އިތުރުން، އެމެރިކާ ސަރުކާރުގެ އެހެން އިސް ބޭފުޅުންނާ އެކު މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެ
އެމެރިކާއާ އެކު ރާއްޖެއިން ދެ އެއްބަސްވުމައްގައި ސޮއިކުރަން ވެސް ވަނީ ހަމަޖެހިފައި

އެމެރިކާގެ ސެކެޓްރީ އޮފް ސްޓޭޓް މައިކް ޕޮމްޕެއޯގެ ރަސްމީ ދައުވަތަކަށް، ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ހޯމަ ދުވަހު އެމެރިކާއަށް ފުރާވަޑައިގެންފިއެވެ. 

ފޮރިން މިނިސްޓްރީ އިން މައުލޫމާތު ދީފައިވާ ގޮތުގައި މި ދަތުރުފުޅުގައި ސެކްރެޓަރީ ޕޮމްޕެއޯގެ އިތުރުން، އެމެރިކާ ސަރުކާރުގެ އެހެން އިސް ބޭފުޅުންނާއި އެކު މިނިސްޓަރ ޝާހިދު ބައްދަލުކުރައްވާނެއެވެ. އެ ގޮތުން އެމެރިކާގެ ސްޓޭޓް ޑިޕާޓްމަންޓާއި، އެމެރިކާގެ ޓްރޭޑް ރެޕްރެޒެންޓޭޓިވް އޮފީހާއި، ޔޫއެސްއެއިޑް އަދި އޯވަސީސް އިންވެސްޓްމަންޓް ކޯޕަރޭޝަންގެ އިސްވެރިންނާއި ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ފޮރިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

މީގެ އިތުރުން މި ދަރުތުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމާއި ގުޅޭ ގޮތުން މަޝްވަރާ ކުރަން ވަނީ ހަމަޖެހިފައެވެ. އަދި މި ދަތުރުފުޅުގައި އެމެރިކާއާ އެކު ވައިގެ ދަތުރުފަތުރުގެ ސަލާމަތާ ބެހޭ ގޮތުން ދެ ގައުމުން އެއްބާރުލުލުން ދިނުމާ ބެހޭ އެއްބަސްވުމެއްގެ އިތުރުން، ތަރައްގީގެ ކަންކަމަށް އެހީދިނުމާ ބެހޭ ގޮތުން ޔޫއެސް އެއިޑްއާ އެކު އެއްބަސްވުމެއްގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ފޮރިން މިނިސްޓްރީ އިން ވަނީ މައުލޫމާތު ދީފައެވެ.

މިނިސްޓަރ ޝާހިދުގެ އެމެރިކާ ދަތުރުފުޅަށް ފަހު، މި މަހުގެ 25 އިން 27 އަށް ވަނީ ޖެނީވާއަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. އަދި އެ ދަތުރުފުޅަށް ފަހު ކައުންސިލް އޮފް ފޮރިން މިނިސްޓަރސްގެ 46 ވަނަ ބައްދަލުވުމުގައި ބައިވެރިވުމަށް އަބޫދާބީއަށް ފުރާވަޑައިގަތުމަށް ވެސް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރ ޝާހިދުގެ ދަތުރުފުޅުގައި އެ މަނިކުފާނުގެ އަރިހުގައި ހާރިޖީ ވުޒާރާގެ އަހްމަދު ޙަލީލް އާއި އަދި އެ ވުޒާރާގެ އެހެން އިސް ބޭފުޅުން ވެސް ބައިވެރިވަޑަައިގަންނަވާނެއެވެ.

 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް