Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 16:47
ރައީސް އަބްދުﷲ ޔާމީން އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
ރައީސް އަބްދުﷲ ޔާމީން އަދި ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ
މުހައްމަދު ޝަރުހާން
ޕްރޮގްރެސިވް ކޮންގްރެސް
ޖޭޕީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފި
ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް އެ ކޯލިޝަނާ ގުޅިވަޑައިގަތުމަށް ވަނީ ގޮވާލައްވާފައި

ޖުމްހޫރީ ޕާޓީއާ އެކު ކޯލިޝަން ހަދާނެކަން ޕްރޮގްރެސިވް ކޯލިޝަނުން އިއުލާންކޮށްފިއެވެ.

ޕީޕީއެމް އާއި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ ޖުމްހޫރީޕާޓީއާ އެކު ކޯލިޝަން ހަދަން ތައްޔާރަށް އޮތް ކަމަށެވެ.

އަބްދުއްރަހީމް ވަނީ ސަރުކާރު ކޯލިޝަނުން ވަކިވެ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް އެ ކޯލިޝަނާ ގުޅިވަޑައިގަތުމަށް ވަނީ  ގޮވާލައްވާފައެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވެފައި މި ވަނީ ޖޭޕީން ވާދަކުރާ ބައެއް ދާއިރާތަކުން ޕްރޮގްރެސް ކޮންގްރެސްގެ ފަރާތުން ވާދަނުކުރަން ނިންމާފައި ވަނިކޮށެވެ. އެގޮތުން ޕީޕީއެމުން މީގެ ކުރިން ޓިކެޓް ދީފައިވާ ބައެއް ދާއިރާތަކުގައި ޖޭޕީގެ ކެންޑިޑޭޓަށް ތާއީދުކުރަން ނިންމައި ޓިކެޓް ވެސް ވަނީ އަތުލާފައެވެ. 

މަޖިލީހުގެ އިންތިހާބުގައި ކޮންމެ ބަޔަކާ އެކު ވެސް ގުޅުގެން މަސައްކަތްކުރަން ތައްޔާރަށް އޮތް ކަމަށް ޖޭޕީން ކުރިން ވަނީ ބުނެފައެވެ. ނަމަވެސް ޕީޕީއެމްއާ އެކު ކޯލީޝަނެއް ހަދާފައިވާ ވާހަކަތައް އެ ޕާޓީން ތަކުރާރުކޮށް ދަނީ ދޮގުކުރަމުންނެވެ. މި ވަގުތު ސަރުކާރުގައި އޮތް ޖޭޕީން ބުނަމުން ދަނީ އެ ޕާޓީގެ ވަޒީރުން ވެސް ހިމެނޭ ސަރުކާރު ޖަވާބުދާރީކުރުވަން މަޖިލީހުގެ މެޖޯރިޓީ އިދިކޮޅު ފަރާތްތަކަށް ލިބުން މުހިންމު ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
19 ފެބްރުއަރީ 2019 | އަންގާރަ 05:21
ހުސެއިން
ގާސިމަކީ ދެފުއްކެހެރިއެއް ކަހަލަ މީހެއް ކޮންމެ ޕާޓީއަކަށް ދިޔަޔަސް މިފަހަރު ވެރިކަމެއް ނުވެއްޓޭނެ . މިފަހަރު ކުރިއެކޭ އެއްގޮތެއް ނުވާނެ އެއަށްވުރެ މިފަރަރު ވަރުގަދަ ވާނެ