Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 15:47
މިއަދު އެކުލަވާލާފައިވާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން
މިއަދު އެކުލަވާލާފައިވާ ކޮމެޓީގެ ފުރަތަމަ ބައްދަލުވުމުގެ ތެރެއިން
މުހައްމަދު ޝަރުހާން
މިނިސްޓްރީ އޮފް ހޯމް އެފެއާޒް
ގައުމިއްޔަތު ކުރިއެރުވުމަށް މިނިސްޓަރަށް ލަފާއަރުވާ ކޮމިޓީ އެކުލަވާލައިފި
ލަފާއަރުވާ ކޮމިޓީ އެކުލަވާލާފައި ވަނީ ހޯމަ ދުވަހު

ގައުމިއްޔަތު ކުރިއެރުވުމަށް މިނިސްޓަރަށް ލަފާއަރުވާ ކޮމިޓީއެއް ހޯމަ ދުވަހު އެކުލަވާލައިފިއެވެ. 

ކޮމިޓީގައި ހިމެނިވަޑައިގަންނަވަނީ ނުވަ ބޭފުޅުންނެވެ. އެއީ އައްބާސް އިބްރާހީމް، ޢަބުދުއްރަޝީދު ޙުސައިން،  ޔުމްނާ މައުމޫން،  އަނީސާ އަހުމަދު،  އަހުމަދު ޝާކިރު، އަޝްރަފް އަލީ، އާދަމް ނަސީރު އިބްރާހީމް، އަންވަރު އިބްރާހީމް އަދި އަޙްމަދު ޢަލާއެވެ.

ހޯމް މިނިސްޓްރީން ބުނީ މި ކޮމިޓީއަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ފާހަގަކުރާ ޤައުމީ އެކިއެކި މުނާސަބަތުތަކުގައި ރައްޔިތުންގެ ހިތްތަކުގައި ޤައުމީ އަދި ވަޠަނީ ރޫޙް އާލާކުރުމަށް ކުރެވިދާނެ މަސައްކަތްތައް ފާހަގަކުރެއްވުމާއި، އެކަންކަން ކުރެވިދާނެ ގޮތްތަކާ ބެހޭ ގޮތުން މިނިސްޓަރ އޮފް ހޯމް އެފެއާޒް އިމްރާން އަބުދުﷲއަށް ލަފާއެރުވުމަށް އެކުލަވާލި ކޮމިޓީއެއް ކަމަށެވެ. އެކޮމިޓީގެ ފުރަތަމަ ބައްދަލުވުން މިނިސްޓްރީ އޮފް ހޯމް އެފެއާޒްގައި ހޯމަ ދުވަހު ބާއްވާފައިވާ ކަމަށް ވެސް އެމިނިސްޓްރީން ބުނެއެވެ.

ދިވެހިންގެ މެދުގައި ގައުމީ އަދި ވަޠަނީ ރޫޙު އާލާކޮށް، ދިވެހި ޤައުމިއްޔަތުގެ ސިފަތައް ލިބިފައިވާ ދިވެހިވަންތަ މުޖުތަމަޢުއެއް ބިނާކުރުމަށް މަސައްކަތްކުރުމަކީ މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ކުރާ ކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ހަމަޖައްސަވާފައެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް