Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 13:24
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީން
ޓްވިޓަރ
ކުރީގެ ރައީސް ޔާމީން
ކުރީގެ ރައީސް ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލައިގެ އަޑުއެހުން މިއަދު 1:30 ގައި
ރައީސް ޔާމީންގެ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު އެސްއޯއެފް އިން ވަނީ ޖަމާކޮށްފައި

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މަނީ ލޯންޑަރިންގެ މައްސަލައިގެ އަޑުއެހުން މިއަދު 1:30 އަށް ތާވަލް ކޮށްފިއެވެ.

ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީސް ޕީޖީއިން ބުނީ މަނީ ލޯންޑަރިންގެ ދަޢުވާ އުފުލައި ކްރިމިނަލް ކޯޓަށް ހުށައަޅާފައި ވަނީ ބުދަ ދުވަހު ކަމަށެވެ. 

މި މައްސަލައިގައި ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ ޢާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ވެސް ވަނީ ދައުވާ އުފުލާފައެވެ. ފުލުހުން އެ މައްސަލަ ޕީޖީއަށް ފޮނުވާފައި ވަނީ މި މަހުގެ 6 ވަނަ ދުވަހުއެވެ.

ރައީސް ޔާމީންގެ މައްޗަށް ކުރާ ދައުވާގެ ލިޔެކިޔުންތައް އާދީއްތަ ދުވަހު ވަނީ ހަވާލުކޮށްފައެވެ.

ވެރިކަމުގައި ހުންނަވައިގެން ޤާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރެވޭ މައްސަލަތަކެއްގެ ތަހްގީގަށް ރައީސް ޔާމީން ވަނީ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފުލުސް އޮފީހަށް ހާޒިރު ކޮށްފައެވެ. އަދި އެ މަނިކުފާނުގެ އެކައުންޓްތަކުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހުރިކަން ފުލުހުން ވަނީ ހާމަކޮށްފައެވެ. އެ މައްސަލަ ބަލަމުން ދާތީ އެ އެކައުންޓްތައް ވަނީ ކޯޓު އަމުރެއްގެ ދަށުން ފްރީޒް ކޮށްފައެވެ. އެކައުންޓްތައް ފްރީޒް ކޮށްފައިވާ މައްސަލަ ރައީސް ޔާމީންގެ ފަރާތުން ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ. 

ރައީސް ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ވަދެފައިވާ އިރު އެމަނިކުފާނާ ގުޅޭ މަނީ ލޯންޑަރިންގެ މައްސަލަތަކެއް ފާހަގަވެގެން އެމްއެމްއޭގެ ފައިނޭންޝަލް އިންވެސްޓިގޭޝަން ޔުނިޓް (އެފްއައިޔޫ) އިން ވެސް ކަމާ ބެހޭ އިދާރާތަކަށް ފޮނުވާފައި ވެއެވެ. މީގެ އިތުރުން އިސްލާމިކް ބޭންކްގައި ރައީސް ޔަމީނުގެ ނަމުގައިވާ އެކައުންޓަކަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއް ވެސް އޭސީސީން ބަލަމުން ދެއެވެ. އެ ފައިސާ މިހާރު ހުރީ އޭސީސީގެ ބެލުމުގެ ދަށުގައެވެ. 

މި ތުހުމަތުތަކާ ގުޅިގެން ރައީސް ޔާމީން ވިދާޅުވެފައި ވަނީ އެކައުންޓްގައި ގާނޫނާ ހިލާފަށް ހޯދާފައިވާ އެއްވެސް ފައިސާއެއް ނުހުންނާނެ ކަމަށާއި އެމަނިކުފާނުގެ އެކައުންޓްގައި ހުރި ހުރިހާ ފައިސާއަކަށް ޒިންމާ އުފުލައްވާ ކަމަށެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
18 ފެބްރުއަރީ 2019 | ހޯމަ 10:45
ހ މ ޒ
ގިނަ އަދަދެއްގެ ޑޮލަރު އެކައުންޓަށް ޖަމާވިކަން މަހްލޫފަށް އެނގިވަޑައިގެންފައި ނެތް ކަމަށް ވިދާޅުވުމުން ސުވާލު ކުރަން ޖެހޭ ސަބަބަކީ އެފައިސާ އަކީ ވިޔަފާރި މުދާ ގަންނަން ޖަމާކުރި ފައިސާ ކަމަށް ވާނަމަ ފައިސާ ޖަމާވި ދުވަހު، އެފައިސާ ކޮއްކޮ އާއި ހަވާލު ކޮށްފައި އޮންނާނެ ކަމަށް ބުއްދީގެ ހަމަތަކުން ވިސްނޭތީއެވެ. އެހެންކަމުން މަހްލޫފް ދައްކަވާ ވާހަކަފުޅު ވެސް ހަމައެއް ނުޖެހެއެވެ. އެތައް ހާސް ޑޮލަރެއް އަދި ބައެއް ފަހަރު އެތައް ލައްކަ ޑޮލަރެއް ގަންނަން ފައިސާ ދައްކާފައި ހުންނަން ވާނީ ވެސް ބޭންކް މެދުވެރިކޮށެވެ. އެހެންކަމުން އެކަމުގެ ހެކި ވެސް ފެންނަން ހުންނާނެއެވެ. އަދި އެތައް ލައްކަ ޑޮލަރެއް ޖީބަށް ލައިގެން އެއްވެސް ބޭފުޅަކު ބޭރު ގައުމަކަށް ގޮސް ވިޔަފާރި ވެސް ކުރެއްވުން އެއީ ކޮށްފައި ވާނެ ކަމެއް ކަމަކަށް ނުބެލެވެއެވެ. އެހެންކަމުން ބޭރުގެ ވިޔަފާރި ކުންފުނިތަކާއި އެކު ކޮށްފައިވާ މުއާމަލާތްތައް ވެސް ހުންނަން ވާނެއެވެ. ނުވަތަ އެބުނާ ތާރީޚެއްގައި ރާއްޖެއަށް އެއިން ބޭފުޅަކު މުދާ އެތެރެކުރި ކަމުގެ ލިޔުންތައް ކަސްޓަމްސް އިން ވެސް ފެންނަން ހުންނަން ވާނެއެވެ. އެމްއެމްޕީއާރްސީ އިން ދައުލަތައް ލިބެން ޖެހޭ ފައިސާ އިން އޭރުގެ ސަރުކާރުން ކުރީ ވައްކަމެވެ. އެވައްކަމުގެ ވަހާއި ރަހަ އޮތީ ހުރިހާ ސިޔާސީ ބޭފުޅުންގެ ކަރު ބުޑުގައި ލާފައެވެ.
18 ފެބްރުއަރީ 2019 | ހޯމަ 10:40
ހ މ ޒ
ﷲއަށާއި އާޚިރަތްދުވަހަށް އީމާންނުވާބަޔަކު ކޮށްފަ ނުކުރާނެކަމެއް ހަމަ އެއްވެސް އިންސާނަކަށް ނޭނގޭނެ. އެފަދަ ބަޔަކާ ގައުމު ހަވާލު ކުރެވުމުގެ ނަތީޖާ ފެނިގެން މިދަނީ. އެބައިމީހުންގެ އަޤީދާ ހަމަ ބަލިކަށީ. މުދަލާއި ފައިސާގެ އަޅުންނަށް ހަލާކުހުރި. ރައްޔިތުން އިސްލާޙުވޭ. އިސްލާޙުވާން އެދޭނަމަ ފުރުޞަތު ނަގާނުލާ، މިސްރާބު ރަނގަޅު ސީދާ ކޮށްލަން އަވަސްވަމާ.
18 ފެބްރުއަރީ 2019 | ހޯމަ 10:37
އަލީ
ޞަދޫމަށް ބަދަލުވީމަ ކުށެއް ނޯންނާނެ
18 ފެބްރުއަރީ 2019 | ހޯމަ 10:31
ހ މ ޒ
އޭސީސީ ރިޕޯޓަށް ފަހު ކުށްވެރިވި އެއްވެސް ބޭފުޅަކު ނެތެވެ. ކޮންމެ ބޭފުޅަކު ވެސް ވިދާޅުވަނީ ކޮންމެ ބޭފުޅަކާއި ކޮންމެ ކުންފުންޏަކުން ވެސް ކޮށްފައި އޮތީ ސައްހަ މުއާމަލާތެކެވެ. ކޮންމެ ބޭފުޅަކު ވެސް ޑޮލަރު ގަތީއެވެ. އެއީ އެބޭފުޅުންގެ ވިޔަފާރިއަށެވެ. އެކަމުގައި ނާޖާއިޒް މަންފާއެއް ހޯދުމެއް ނެތެވެ. އެސްއޯއެފް އަކީ ބޭރު ފައިސާ ގަނެ ވިއްކުމުގެ ހުއްދަ އޮތް ކުންފުންޏެއް ނޫނެވެ. އެހެންކަމުން އެފަދަ ކުންފުންޏަކުން ޑޮލަރު ގަތުމަކީ އޭގެ ޒާތުގައި ވެސް ކުށެކެވެ. އެސްއޯއެފްގެ ނަމަކީ ރާއްޖޭގައި އުޅޭ އެއްވެސް މީހަކަށް، ހާއްސަކޮށް ސިޔާސީ ދާއިރާގައި ހަރަކާތްތެރިވާ ބަޔަކަށް އޮޅިފައި އޮންނާނެ ނަމެއް ނޫނެވެ. އެސްއޯއެފްގެ މެނޭޖިން ޑިރެކްޓަރަކީ ކާކުކަމާއި، އޭނާ ހުރީ ކާކުގެ ފަހަތުގައި ކޮން ކަންތައްތަކެއް ކުރަންކަން އޮޅިފައި އޮތްކަމަށް ވިދާޅުވާނަމަ ކޮންމެ ބޭފުޅަކު އެހެން ވިދާޅުވި ނަމަވެސް އެހައްދަވަނީ އިތުރުފުޅެކެވެ.
18 ފެބްރުއަރީ 2019 | ހޯމަ 10:28
ހ މ ޒ
އަދީބުގެ ބޮޑުޚިޔާނާތުގެ މައްސަލައިގައި ސަރުކާރާ އެމްޑީޕީ މިހާރުއުޅެނީ އަތަށް ގޮވައިގެންނެވެ. ސަބަބަކީ އެމްޑީޕީގެ ބަޔަކު އޭގައި ޝާމިލުވާކަން އެމްޑީޕީ އަށް ކުރިން އެނގި ފައެއް ނެތެވެ.