Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 12:43
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބިޔަރު ދަޅުތަކެއް
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ބިޔަރު ދަޅުތަކެއް
ޕޮލިސް
ހައްޔަރު ކުރުން
ބިޔަރު ދަޅުތަކާއެކު އައްޑޫއިން ޒުވާނަކު ހައްޔަރު ކޮށްފި
ހައްޔަރު ކުރީ 24 އަހަރުގެ ދިވެހި ފިރިހެނެއް

އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއްގައި، ދެ ބިޔަރު ދަޅާއެކު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނީ މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަަސައްކަތްތަކުގެ ތެރެއިން އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކަށް އިންޓެލިޖެންސާއި ގަން ޕޮލިސް ސްޓޭޝަން ގުޅިގެން ފެބުރުއަރީ 16 ވަނަ ދުވަހުގެރޭ ކުރިއަށް ގެންދިޔަ މި އޮޕަރޭޝަންގައި ހައްޔަރު ކޮށްފައިވަނީ 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުން ބުނީ ފޭދޫ ބަނދަރު ސަރަޙައްދުން މިމީހާ ހުއްޓުވައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ބަލައިފާސްކުރިއިރު މީނާގެ އަތުން ދެ ދަޅު ބިޔަރު ފެނިފައިވާ ކަމަށެވެ. 

މިމައްސަލައިގައި ހައްޔަރު ކޮށްފައިވާ މީހާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް އައްޑޫ ސިޓީ ފޭދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ކަނޑައަޅާތަނެއްގައި ބަންދުގައި ބެހެއްޓުމަށް ދެ ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ. 

މިމައްސަލަ އައްޑޫސިޓީ ގަން ޕޮލިސް ސްޓޭޝަނުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް