Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 12:17
ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަނީ
ގަވައިދާ ހިލާފަށް ޕާކުކޮށްފައި ހުރި އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ކުރަނީ
ޕޮލިސް
ވެހިކަލްތަކެއް ނައްތާލަނީ
ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ އުޅަނދުތައް ނައްތާލުމުގެ މަސައްކަތް ފަށައިފި
58 ކާރު، 180 ސައިކަލު ނައްތާލާނެ
މިއުޅަނދުތައް ތިލަފުށްޓަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން

ގަވައިދާއި ހިލާފަށް މަގުމަތީގައި ޕާކުކޮށްފައިވުމާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ގިނަ އަދަދެއްގެ އުނދަޅުތައް ނައްތާލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ފުލުހުން ބުނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ ދަށުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ އުޅަނދުތައް ގާނޫނީ ގޮތުން ފުރިހަމަ ކުރަންޖެހޭ ހުރިހާ މަރުހަލާ އެއް ފުރިހަމަ ކުރުމަށް ފަހު، ނައްތާލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. 

އެގޮތުން ނައްތާލާފައިވާ އުޅަނދުތަކާއި ނައްތާލުމަށް ޓަކައި އުޅަނދުތައް ތިލަފުއްޓަށް ގެންދިއުމުގެ މަސައްކަތް ދަނީ ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ މިއުޅަނދުތަކުގެ ތެރޭގައި ހިމެނެނީ 58 ކާރު، އަދި 180 ސައިކަލު ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
18 ފެބްރުއަރީ 2019 | ހޯމަ 22:43
ކަރުކެހި
ފުލުހުންގެ އިދާރާއިން ތިއެއްޗެހި މަރާމާތުކޮއް ކުޑަ އަގުތަކުަގާ ވިއްކާލުން ރަގަޅު ގިނަމީހުން ގަންނާނެކަން ހަމަޔަގީން ފުލުހުންގެތެރޭގަ އެބައުޅޭ އިންޖީނިއަރުން މުއައްސަސާއައްލިބިގެންދާ ވަރައްބޮޑު ކުރިއެރުމެއްކަން ފާހަގަކޮއް އިތުރުބަޖެޓެއް ލިބިގެންދާނެ