Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 11:44
ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށް ގެންދަނީ
ކޮންސްޓްރަކްޝަން ސައިޓެއްގައި މަސައްކަތް ކުރިއަށް ގެންދަނީ
އަޝްވާ ފަހީމް
ކޮންސްޓްރަކްޝަން ދާއިރާ
ކޮންސްޓްރަކްޝަން ސައިޓްތަކުގެ މަސައްކަތް ކުރަނީ ގަވާއިދާ އެއްގޮތަށްތޯ ދަނީ ބަލަމުން: ސިޓީ ކައުންސިލް
ދުވާލެއްގެ މައްޗަށް 20 ސައިޓެއްގެ މަސައްކަތްތައް ބަލަން
ގަވާއިދާ ހިލާފަށް މަސައްކަތް ކުރާނަމަ ފިޔަވަޅު އަޅަން
ސިޓީ ކައުންސިލުން ބަލަހައްޓަނީ މާލެ އަދި ވިލިމާލެ

ހަދަމުންދާ އިމާރާތްތަކުގެ މަސައްކަތްތައް ކުރިއަށް ގެންދަނީ ސަލާމަތާއި، ރައްކާތެރިކަމުގެ ފިޔަވަޅު އަޅައިގެން ގަވާއިދާ އެއްގޮތަށްތޯ ބެލުމުގެ މަސައްކަތް ހުއްޓާ ނުލާ ކުރިއަށް ގެންދާ ކަމަށް ސިޓީ ކައުންސިލުން ބުނެފިއެވެ.

ރާއްޖެ.އެމްވީއަށް މައުޫމާތުދެއްވަމުން މާލޭގެ ޑެޕިއުޓީ މޭޔަރު ޝަމާއު ޝަރީފް ވިދާޅުވީ ކޮންމެ ދުވަހަކު ވެސް ސުޕަވައިޒަރުންތައް ފޮނުވައިގެން ދުވާލެއްގެ މައްޗަށް މަދުވެގެން 20 ކޮންސްޓްރަކްޝަން ސައިޓްތައް ބަލާ ކަމަށެވެ.

ޝަމާއު ވިދާޅުވީ ގަވާއިދާއި ހިލާފަށް މަސައްކަތް ކުރާނަމަ، ނަސޭހަތް ދިނުމަށްފަހު، ހައްލުނުވާ ނަމަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަމުންދާ ކަމަށާއި، އަދި ވަގުތުން ރަނގަޅު ކުރަންޖެހޭ ކަމެއް ފާހަގަވެއްޖެ ނަމަ ވަގުތުން މަސައްކަތް ހުއްޓުވައި، އެކަންކަން ރަނގަޅު ކުރުވުމުން އަންނަ ކަމަށެވެ.

ޝަމާއު ވިދާޅުވީ މާލެއާއި، ވިލިމާލޭގެ ކޮންސްޓްރަކްޝަން ސައިޓްތައް ބަލަހައްޓަމުން ދަނީ ސިޓީ ކައުންސިލުން ކަމަށާއި، ނަމަވެސް ހުޅުމާލޭގެ ކޮންސްޓްރަކްޝަން ސައިޓްތައް ބަލަހައްޓަމުން ދަނީ އެޗްޑީސީން ކަމަށެވެ.

ޝަމާއު ވިދާޅުވީ 150 ވުރެ ގިނަ ސައިޓްތަކުގެ މަސައްކަތް ކުރިއަށްދާއިރު، މިސައިޓްތަކުގެ މަސައްކަތްތައް ކުރިއަށްދާ ގޮތް އަބަދުވެސް ބަލަމުންދާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެން ފަހަތުގަ އަބަދު ވެސް ބަލަހައްޓައިގެން ނުތިއްބަސް ގަވާއިދާ އެއްގޮތަށް މަސައްކަތް ކުރަންވީ. މަސައްކަތް ކުރާ މީހުންގެ އިތުރުން އާންމުގެ ރައްކާތެރިކަމަށް ޚާއްސަ ސަމާލުކަމެއް ދޭންޖެހޭ. އެއީ ކޮންމެހެން ސްޕަވައިޒަރު ބަލާ ޗެކް ކުރާތީ ކުރަންޖެހޭ ކަމެއް ނޫން. ހުރިހާ ފަރާތްތަކުން މިއުސޫލުން މަސައްކަތްތައް ކުރިއަށް ގެންދަން އިލްތިމާސް ކުރަން'' ޝަމާއު ވިދާޅުވިއެވެ.

ފަހަކަށް އައިސް އިމާރާތް ތަކުން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެކަށީގެންވާ މިންވަރަށް އަޅާފައި ނުހުންނަ ކަމުގެ ޝަކުވާއާއި މަގުމަތީގައި ހިނގާ މީހުންނަށް އެފަދަ ހާދިސާތައް ކުރިމަތިވާ ކަމުގެ ޝަކުވާ އިތުރުވެފައިވާއިރު، ހުޅުމާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ގަލެއް ވެއްޓި ޖެހުމުގެ ސަބަބުން މިމަހުގެ 17 ވަނަ ދުވަހުގެ ރޭ 44 އަހަރުގެ ބިދޭސީއެއް ވަނީ ނިޔާވެފައެވެ. އަދި ގަލޮޅުގައި ހުންނަ ގެއެއްގެ 9 ވަނަ ފަންގިފިލާއިން ވެއްޓުނު ކަޓިންގ ބޯޑަކުން ޖެހި މީހެއްގެ ބޯ ފަޅައިގެން ވަނީ ގޮސްފައެވެ.

މީގެ އިތުރުން މާލޭގައި ހަދަމުން ދިޔަ އިމާރާތަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި ރައުޝަން ޖިއާން ނަމަކަށް ކިޔާ އަންހެން ކުއްޖަކު ނިޔާވެފައެވެ.

އެފަދަ ހާދިސާތައް ހިނގާ މިންވަރު އިތުރުވުމާ ގުޅިގެން ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އާ ފިޔަވަޅުތައް އަޅައި، ގަވާއިދާ ހިލާފު އަމަލެއް ކޮށްފިނަމަ ބައި މިލިއަން ރުފިޔާއިން ޖޫރިމަނާ ކުރެވޭ ގޮތަށް އިމާރާތްކުރުމުގެ އަމަލީ މަސައްކަތް ކުރުމުގައި ގެންގުޅެންޖެހޭ ސަލާމަތީ މިންގަނޑުތަކުގެ ގަވާއިދަށް ވަނީ އަމަލުކުރަން ފަށާފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް
18 ފެބްރުއަރީ 2019 | ހޯމަ 09:17
Hawwa
Kamei havaal kohleema ekamei rangalhah kohlaahkah nukerey, ekamu abadhu city council inn vess kiyani kanthah havaal nukurah vaahaka