Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 12:08
ނޭޝަނަލް ސެންޓަރފޯދި އާރޓްސްގެ ކިއުރޭޓަރ އަހުމަދު ނައީމް
ނޭޝަނަލް ސެންޓަރފޯދި އާރޓްސްގެ ކިއުރޭޓަރ އަހުމަދު ނައީމް
މުހައްމަދު ޝަރުހާން
ޗައިނީޒް ކަލްޗަރަލް ޝޯ
ޗައިނީޒް ކަލްޗަރަލްޝޯ މިރޭ ބާއްވަނީ
ޝޯގައި އައިޓަމްތައް ހުށަހަޅައިދެނީ ޗައިނާގެ ޗޮންކިން މުނިސިޕަލް އާރޓް ޓުރޫޕް އިން
މި ޝޯގެ މަގުސަދަކީ ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ދެމެހެއްޓުން
ޗޯ އޮންނާނީ މި މަހުގެ 18 އަދި 19 މި ދެ ދުވަހު

ޗައިނީޒް ކަލްޗަރަލް ޝޯ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ނޭޝަނަލް ސެންޓަރފޯ ދި އާރޓްސްގެ ކިއުރޭޓަރ އަހުމަދު ނައީމް ވިދާޅުވެއްޖެއެވެ.

 

ރާއްޖެޓީވީން ގެނެސްދިން ޚަބަރު ފީތާ ޕްރޮގްރާމްގައި މި ފަދަ ޝޯއެއް ބޭއްވުމުގެ މަގުސަދާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން ނައީމް ވިދާޅުވީ ޗައިނާއާއި ރާއްޖެއާއި ދެމެދު އޮންނަ ގުޅުން ދެމެހެއްޓުމާއި އެއް ގައުމެއްގެ ސަގާފަތް އަނެއްގައުމަށް ދައްކާލުން ކަމަށެވެ.

އެގޮތުން ޝޯގައި އައިޓަމްތައް ހުށައަޅައި ދިނުމަށްޓަކައި ޗައިނާގެ "ޗޮންކިން މުނިސިޕަލް އާރޓް ޓުރޫޕް" އިން 40 މީހުންގެ މައްޗަށް އެކުލެވޭ ޓީމެއް މިހާރު ރާއްޖެ އައިސްފައިވާ ކަމަށާއި  ރާއްޖެއިން މި ޝޯގައި އައިޓަމްތައް ހުށައަޅާދޭނީ ހަބޭސް ބޮޑުބެރު ގުރޫޕުން ކަމަށް ނައީމް ވިދާޅުވިއެވެ.

" ދެ ގައުމުގެ ދޭތެރޭގެ ގުޅުން ރަނގަޅު ކުރުން ދެއްތޯ! އެގޮތުން ކަލްޗަރަލް ގޮތުން ގުޅެންޏާ ދެގައުމުގައި ހުންނަ ސަގާފީ ކަންތައްތައް އެއްގައުމުން އަނެއް ގައުމަށް ބަދަލުވެގެންދާނެ. އޭގެ ސަބަބުން އަޅުގަނޑުމެންނަށް އެނގިގެންދާނެ ޗައިނާގެ ސަގާފަތަކީ ކޮބައިކަމާއި އަދި އެމީހުންގެ ދިރިއުޅުމުގެ ކަންތައްތަކާއި ، އެމީހުންގެ މަސައްކަތްތައް ވެސް. ޚާއްސަކޮށް މުނިފޫހި ފިލުވުމުގެ ތެރެއިން އެމީހުންގެ ސަގާފަތް ފެނިގެންދާނެ. އަދި ރާއްޖެ އަށްވެސް ފުރުސަތު ލިބޭނެ ޗައިނާގައި ރާއްޖޭގެ ސަގާފަތް ވެސް ދައްކާލުމަށް" ނައީމް ވިދާޅުވިއެވެ.

ނައީމް އިތުރަށް ވިދާޅުވީ ސަގާފަތަކީ ކޮންމެ ބައެއްގެ ވެސް ދިރިއުޅުމުގެ ސިފަތައް ކަމަށާއި އެގޮތުން ދައްކާ ވާހަކައާއި ބަހުރުވަ ހުންނަ ގޮތާއި އުޅޭގޮތާއި މަސައްކަތްތެރިކަމާއި ތާރީޚާއި އަދި އެކިކަހަލަ ސިންބަލްތައް ހިމެނޭނެ ކަމަށެވެ. އަދި ސަގާފަތަކީ އައިޑެންޓިޓީ ކަމަށާއި އެހެންކަމުން އެގައުމަކަށް ނިސްބަތްވާ ބަޔަކަށް އެބައެއްގެ ސަގާފަތް އެއީ މުހިންމު އެއްޗެއް ކަމަށެވެ.

ރާއްޖޭގައި ހުންނަ ޗައިނާ އެމްބަސީއާއި މިނިސްޓްރީއޮފް އާރޓްސް ކަލްޗަރ އެންޑް ހެރިޓޭޖް މިނިސްޓްރީގެ ދަށުން ހިންގާ އެންސީއޭ އިން އިންތިޒާމްކޮށްގެން  މި މަހުގެ 18 އަދި 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މިޝޯއަށް  ޖާގަ އޮތް މިންވަރަކުން ހުރިހާ ފަރާތްތަކަކަށް ވެސް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައެވެ. ނަމަވެސް 19 ވަނަ ދުވަހުގެ ޝޯ ޚާއްސަ ކުރެވިފައިވަނީ ޗައިނާގެ ރައްޔިތުންނަށް ކަމަށްވާއިރު  މި ޝޯގައި ސެލްފްޑިފެންސާއި، ޑާންސާއި، ބެލެންސިން އެކްޓް ތަކުގެ އިތުރުން  ޗައިނާގެ ސަގާފަތް ފެނިގެން ދާނެއެވެ.

މިދިޔަ އަހަރު މިފަދަ ޝޯއެއް ބާއްވާފައި ވާއިރު  މީގެ ފުރަތަމަ ޝޯ ބާއްވާފައިވަނީ 2007 ވަނަ އަހަރުއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް