Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 10:47
މާރަންދޫ ކައުންސިލް މެންބަރުންނާއެކު ރައީސް ސޯލިހު
މާރަންދޫ ކައުންސިލް މެންބަރުންނާއެކު ރައީސް ސޯލިހު
ރައީސް އޮފީސް
ރައީސް ސޯލިހު
އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަސީލަތްތައް ފުރިހަމަ ކުރުމަށް އިސްކަންދޭނެ: ރައީސް ސޯލިހު
ރައްޔިތުންނަށް ދިމާވާ ދަތިތައް ހައްލުކުރުމަށް ހާއްސަ އިސްކަމެއްދީގެ މަސައްކަތް ކުރަން
ބަނދަރުގެ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަސީލަތްތައް ފުރިހަމަ ކުރުމަށް އިސްކަންދީގެން މަސައްކަތް ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހު މިހެން ވިދާޅުވީ ހއ. މާރަންދޫ ކައުންސިލްއާއެކު ރައީސް އޮފީހުގައި ބޭއްވި ބައްދަލު ކުރެއްވުމުގައެވެ.

ރައީސް ސޯލިހު ވިދާޅުވީ ރާއްޖޭގެ ރައްޔިތުންނަށް ދަތިވެފައިވާ ކަންކަން ބަލައި، އެކަންކަން ހައްލު ކޮށްދެއްވުމަށް ސަރުކާރުން އަބަދު ވެސް މަސައްކަތް ކުރާނެ ކަމަށެވެ.

ސަރުކާރުން ރާވައިފައިވާ ތަރައްގީގެ ޕްލޭނާ އެއްގޮތަށް މަޝްރޫއުތައް ކުރިއަށް ގެންދެވުމުގައި، އަސާސީ ޚިދުމަތްތައް ފުރިހަމަ ވެފައިނެތް ރަށްރަށުގައި އެ ވަސީލަތްތައް ފުރިހަމަ ކޮށްދެއްވުމަށް އިސްކަންދޭނެ ކަމަށް ވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި މާރަންދޫ ކައުންސިލް މެންބަރުން ވަނީ އެރަށުގެ ރައްޔިތުންނަށް އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމުގެ މައުލޫމާތު ރައީސްއާ ހިއްސާ ކުރައްވާފައެވެ.

އެގޮތުން، ފެނާއި ނަރުދަމާގެ ޚިދުމަތް ފަދަ އަސާސީ ކަންކަން ރަށުގައި ފުރިހަމަވުމަކީ ރައްޔިތުންގެ އެންމެ ބޮޑު އެދުންކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

އަދި ބަނދަރުގެ ޖާގައިގެ ދަތިކަމާއި، ސިއްހީ މަރުކަޒުގައި 16 ގަޑިއިރަށް ޚިދުމަތް ދިނުމުގައި ހުރި ހުރަސްތަކާއި، އެކަށީގެންވާ ގޮތެއްގައި ކުނި ނައްތައިލެވޭނެ ނިޒާމެއް ނެތުމާއި، އަދި މިކަންކަން ހައްލު ކުރުމާއި ބެހޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް