Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 09:17
ވައިކަރަދޫ ކައުންސިލުން ރައީސް ސޯލިހުއާ ބައްދަކުރެއްވުން
ވައިކަރަދޫ ކައުންސިލުން ރައީސް ސޯލިހުއާ ބައްދަކުރެއްވުން
ރައީސް އޮފީސް
ވައިކަރަދޫ
ވައިކަރަދޫއަށް މިހާރުން މިހާރަށް ބޭނުންވެފައިހުރި ކަންކަމާ ބެހޭ ގޮތުން ރައީސްއާ މަޝްވަރާކޮށްފި
އަތޮޅު މަދަރުސާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވި

ހދ. ވައިކަރަދޫއަށް މިހާރުން މިހާރަށް ބޭނުންވެފައިހުރި ކަންކަމާ ބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުއާ މަޝްވަރާ ކުރައްވައިފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ބައްދަލުވުމެއްގައި ކައުންސިލުން ރަށުގެ ތަރައްގީއަށް ރާއްވާފައިވާ މަސައްކަތްތަކާއި މިހާރު ކުރިއަށްދާ މަސައްކަތްތަކާ ބެހޭ މައުލޫމާތު ރައީސް ސޯލިހުއާ ހިއްސާކުރެއްވިއެވެ.

ރައީސް އޮފީހުން ބުނީ މިހާރުން މިހާރަށް ރަށަށް ބޭނުންވެފައިހުރި ކަންކަމާއި، ރައްޔިތުން އެންމެ ބޮޑަށް އެދޭ ކަންކަން މެންބަރުން ރައީސް ސޯލިހުއަށް ހުށަހެޅުއްވި ކަމަށެވެ.

އެގޮތުން، ހދ. އަތޮޅު މަދަރުސާއަށް ކުރިމަތިވެފައިވާ ޖާގައިގެ ދަތިކަމާއި، ނަރުދަމާގެ ނިޒާމު ގާއިމުވެފައި ނެތުމުން ކުރިމަތިވާ ދަތިތަކާއި، ރަށުގެ އިންޖީނުގެ ރަށުގެ މެދުގައި ހުރުމުން ދިމާވާ އުނދަގޫތަކާއި، ކަރަންޓަށް ދިމާވާ މައްސަލަތައް ޚާއްސަ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ.

މިބައްދަލުވުމުގައި ރައީސް ސޯލިހު ވިދާޅުވީ ވައިކަރަދޫ ކައުންސިލުން އެދިވަޑައިގެންނެވި ކަންކަމުގައި ކަމާގުޅޭ މިނިސްޓްރީތަކާއެކު މަޝްވަރާކުރުމަށްފަހު އެކަންކަމަށް ޙައްލެއް ހޯއްދައިދިނުމަށް މަސައްކަތް ކޮށްދެއްވާނެ ކަމަށެވެ. އަދި މިއަހަރުގެ ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތައް މިއަހަރުގެ ތެރޭގައި ފެށިގެން ދާނެކަމުގައިވެސް ރައީސް ސޯލިހު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް