Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 09:13
ނަރުހުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން
ނަރުހުންގެ ދުވަސް ފާހަގަ ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން
ހެލްތު މިނިސްޓްރީ
ނަރުހުން
633 ނަރުހުން ހޯދުމަށް އިއުލާން ކޮށްފި
ނަރުހުން ހޯދުމަށް އިއުލާން ކޮށްފައިވަނީ އިއްޔެ

އަތޮޅުތެރޭގައި މަސައްކަތް ކުރުމަށް 633 ނަރުހުން ހޯދުމަށް ހެލްތު މިނިސްޓްރީން އިއުލާން ކޮށްފި އެވެ.

މިނިސްޓްރީ އޮފް ހެލްތުން ކުރި އިއުލާންގައި ބުނެފައިވަނީ، އަތޮޅުތެރޭގެ ހޮސްޕިޓަލްތަކާއި ސިއްހީ މަރުކަޒުތަކުގައި މަސައްކަތް ކުރުމަށް ބިދޭސީ ނަރުހުންގެ ބަދަލުގައި ދިވެހި ނަރުހުން ބޭނުންވާ ކަމަށެވެ. އެމަގާމަށް ކުރިމަތިލުމަށް ނާރސިންގގެ ރޮނގަކުން ދިވެހިރާއްޖޭގެ ގައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތަކަށް ވާން ޖެހެއެވެ.

ނަރުހުންގެ ގޮތުގައި ނަގާ ފަރާތްތަކަށް މުސާރައިގެ ގޮތުގައި މަހަކު 9060 ރުފިޔާގެ މުސާރައެއް ލިބޭނެ ކަމަށާއި އަދި އިތުރުން ސާރވިސް އެލެވެންސްތައް ވެސް ލިބޭނެކަމަށް އިއުލާންގައި ބުނެފައި ވެއެވެ.

އެ ވަޒީފާއަށް އެދޭ ފޯމް މި މިނިސްޓްރީގެ ކައުންޓަރުންނާއި ހޮސްޕިޓަލު ނުވަތަ މަރުކަޒުތަކުން ލިބެން ހުންނާނެ ކަމަށާއި އެ މިނިސްޓްރީގެ އިދާރާގެ ވެބްސައިޓް އިން މި ފޯމް ޑައުންލޯޑުވެސް ކުރެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުނެއެވެ. މަޤާމަށް އެދި ހުށަހަޅަންހޭ ތަކެތި ހުށަހަޅާނީ 04 މާރިޗު 2019 ވާ ބުދަ ދުވަހުގެ 13:30ގެ ކުރިން ވަޒީފާއަށް އެދޭ ހޮސްޕިޓަލެއް ނުވަތަ މަރުކަޒަކަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް