Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 08:17
އެހެން ބޯޓެއްގައި ރޯވި ހާދިސާއެއްގައި އެމްއެންޑީއެފްއިން ހަރަކާތްތެރި ވަނީ
އެހެން ބޯޓެއްގައި ރޯވި ހާދިސާއެއްގައި އެމްއެންޑީއެފްއިން ހަރަކާތްތެރި ވަނީ
އެމްއެންޑީއެފް
އަލިފާނުގެ ހާދިސާ
ރަވާނާ ދޯނީގައި ހިނގި އަލިފާންގެ ހާދިސާގައި އެކަކު މަރުވެއްޖެ
މަރުވީ ފުވައްމުލަކު މީހެއް ކަމަށް މައުލޫމާތު ލިބޭ

ފ. ފިލިތެޔޮ ރިސޯޓް ކައިރިން 16 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި ރޯވެ، ހާލު ސީރިއަސްވި މީހާ މަރުވެއްޖެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެމީހާގެ ހަށިގަނޑު މިހާރު އޮތީ ފ. އަތޮޅު ހޮސްޕިޓަލުގައެވެ. އަދި އޭނާ ހޮސްޕިޓަލަށް ގެނައި އިރުވެސް ވަނީ މަރުވެފައި ކަމަށް މައުލޫމާތު ލިބެއެވެ.

މަރުވީ ޝޮކެއް ޖެހިގެން ކަމަށާއި، އޭނާއަކީ ފުވައްމުލަކު މީހެއް ކަމަށް މައުލޫމާތު ލިބެއެވެ. 

އެމްއެންޑީއެފުން ބުނީ ފިލިތެޔޮ ކައިރިން ދަތުކުރަމުންދިޔަ "ރަވާނާ" ނަމަކަށް ކިޔާ ދޯންޏެއްގައި އަލިފާނުގެ ހާދިސާގެ ރިޕޯޓް ލިބިފައިވަނީ ފަތިހު 4.45 ހާއިރު ކަމަށާއި، އެމްއެންޑީއެފްގެ އަލިފާން ނިއްވާ ބޯޓެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ. 

މީގެއިތުރުން އަލިފާނުގެ ހާދިސާއާއި ގުޅިގެން ދޯނީގެ ބޮޑު ބައެއް މިހާރު ވަނީ އަޑީގައި ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް