Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 07:13
އެހެން ބޯޓެއްގައި ރޯވި ހާދިސާއެއްގައި އެމްއެންޑީއެފްއިން ހަރަކާތްތެރި ވަނީ
އެހެން ބޯޓެއްގައި ރޯވި ހާދިސާއެއްގައި އެމްއެންޑީއެފްއިން ހަރަކާތްތެރި ވަނީ
އެމްއެންޑީއެފް
ދޯންޏެއްގައި އަލިފާން ރޯވުން
ފިލިތެޔޮ ކައިރިން ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި ރޯވެއްޖެ، އެކެއްގެ ހާލު ވަރަށް ސީރިއަސް!
އަލިފާނުގެ ހާދިސާއާއި ގުޅިގެން ދޯނީގެ ބޮޑު ބައި އޮތީ އަޑީގައި

ފ.ފިލިތެޔޮ ރިސޯޓް ކައިރިން 16 މީހުންނާއި އެކު ދަތުރުކުރަމުން ދިޔަ ދޯންޏެއްގައި ރޯވެ، އޭގެން ދަތުރުކުރި އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް އެމްއެންޑީއެފްއިން ބުނެފިއެވެ.

އެމްއެންޑީއެފްއިން މައުލޫމާތު ދީފައިވަނީ ބޯޓުގައި އެވަގުތު ދަތުރުކުރަމުން ދިޔަ 16 މީހުން އެހެން ދޯންޏަކަށް ނަގާފައިވާ ކަމަށެވެ. ދޯނީގައި ތިބި ހުރިހާ އެއްމެންނާއި އެކު ސީ އެމްބިއުލާންސް މިހާރު ދަތުރުކުރަމުން ދަނީ ދ.މީދޫއަށް ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ ބުނެފައެވެ.

މި ހާދިސާގެ ރިޕޯޓް އެމްއެންޑީއެފްއަށް ލިބިފައިވަނީ ފަތިހު 4.45 ހާއިރު ކަމަށާއި، އެމްއެންޑީއެފްގެ އަލިފާން ނިއްވާ ބޯޓެއް އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އެމްއެންޑީއެފުން ވަނީ މައުލޫމާރު ދީފައެވެ.

މީގެއިތުރުން އަލިފާނުގެ ހާދިސާއާއި ގުޅިގެން ދޯނީގެ ބޮޑު ބައެއް މިހާރު ވަނީ އަޑީގައި ކަމަށް ވެސް އެމްއެންޑީއެފްއިން ވަނީ މައުލޫމާތު ދީފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް