Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 00:28
ޑްރަގްސް ފެނުނީ ރާއްޖެއެތެރެކުރި ޕާރުސަލް ތަކަކުން
ޑްރަގްސް ފެނުނީ ރާއްޖެއެތެރެކުރި ޕާރުސަލް ތަކަކުން
ކަސްޓަމްސް
މޯލްޑިވްސް ކަސްޓަމްސް
އެތެރެކުރުން މަނާ ގިނަ އަދެއްގެ ބޭސް ކަސްޓަމްސުން އަތުލައިގެންފި
އެލްއެސްޑީ ކަމަށް ޝައްކުކުރެވޭ 10 ސްޓިކާ އޮތް ކަމަށް ކަސްޓަމްސް އިން ބުނޭ

ރާއްޖެ އެތެރެކުރުން މަނާ ގިނަ އަދަދެއްގެ ބޭސް ކަސްޓަމްސުން އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ބުނީ، ކުރިއަރ މެދުވެރިކޮށް ނެދަލެންޑުގެ މަގުން ރާއްޖެގެނެސްފައިވާ ތިން ޕާރުސަލަކުން، މިމަހުގެ 11 ވަނަ ދުވަހު މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ ތަކެތިފެނިފައިވާކަމަށެެވެ. އެގޮތުން ބަލާފާސްކުރެވުނު ޕާރުސަލްތަކުގެ ތެރޭގައި ހިމެނެނީ، އެމްޑީއެމްއޭ (އެކްސްޓަސީ)ގެ 50 ގުޅަ އާއި، އެލްއެސްޑީ ކަމަށް ޝައްކުކުރެވޭ 10 ސްޓިކާ، އަދި ދެވަނަ ޕާރުސަލް ތެރޭގައި އެމްޑީއެމްއޭ (އެކްސްޓަސީ)ގެ 21 ގުޅަ އަތުލައިގެންފައިވާކަމަށެވެ.

މި ތިން ކޭސް ގައި އަތުލައިގަނެވުނު އެމްޑީއެމްއޭ (އެކްސްޓަސީ)ގެ ޖުމްލަ 43 ގްރާމާއި, އެލްއެސްޑީ ކަމަށް ޝައްކުކުރެވޭ 10 ސްޓިކާ އޮތް އިރު، މިމައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ އިތުރަށް ތަހުގީގު ކުރުމަށްޓަކައި މޯލްޑިވްސް ޕޮލިސް ސަރވިސްއާ ހަވާލުކުރެވިފަިކަމަށް ކަސްޓަމްސްއިން ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް