Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 10:36
ޙުސައިން ޙަސަން
ވިލިނގިލީ މަރު
ވިލިގިލީ މަރުގެ މައްސަލައިގައި މީހަކު ހައްޔަރު ކުރިކަމަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފި
މި މައްސަލާގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް ފުލުހުން ބުނި

އަންގާރަ ދުވަހު ހެނދުނު ގއ. ވިލިނގިލި އޮޑިހަރުގެއެއްގެ ތެރޭގައި މަރުވެފައި އޮއްވާ ފެނުނު އައްޑޫ ސިޓީ ހިތަދޫ ހުސައިން ސިމާދުގެ މަރުގެ މައްސަލާގައި މީހަކު ހައްޔަރު ކުރިމަކަށް ދެކެވޭ ވާހަކަ ފުލުހުން ދޮގުކޮށްފިއެވެ.  

ފުލުހުން ބުނީ، އޭނާގެ މަރުގެ މައްސަލައިގައި މީހަކު ހައްޔަރު ކޮށްފައިވާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާ ތަކުގައި ހަބަރު ފަތުރަމުންދާ ކަމަށެވެ.

އޮންލައިން ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުގައި ، މަރުވި މީހާ ފެނުނު ހަރުގެ ބެލެހެއްޓުމާއި ހަވާލުވެ ހުރި މީހާ ހައްޔަރު ކޮށްފައިވާކަމަށެވެ.

 ނަމަވެސް ފުލުހުން ބުނީ ، މި މައްސަލާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާ ކަމަށެވެ.

މައުލޫމާތު ލިބޭވަރަކުން މީޑިއާ ހިއްސާ ކުރަމުންދާނެ ކަމަށްވެސް ފުލުހުން ބުންޏެވެ.  ސިމާދުގެ ހަށިގަނޑު ފެނިފައި ވަނީ ޒަހަމްތަކަކާ އެކުގައި ކަމަށާއި މިހާތަނަށް ބެލި ބެލުމުން ހަށިގަނޑު ފިހިފައި ހުރި ކަމުގެ ނިޝާންތައް ހުރި ކަމަށް ފުލުހުން ވަނީ ބުނެފައެވެ.  

އޭނާގެ އާއިލާއިން ބުނީ ، ހަށިގަނޑުން ފެންނަން ހުރި ޒަހަމްތަކުން އެނގޭ ގޮތުން އޭނާ ވަނީ މަރާލާފައިވާ ކަމަށެވެ.  

ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް އޭނާގެ އުފަން ރަށް އައްޑޫ ސިޓީއަށް މިރޭ ވަނީ ފޮނުވާލާފައެވެ.  

ސިމާދަކީ ކުށުގެ ރެކޯޑު އޮންނަ މީހެކެވެ. އެގޮތުން މަސްތުވާތަކެއްޗާއި ވައްކަމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެއެވެ. އެގޮތުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ވިލިނގިލީ ބޭންކް ފަޅާލައި، 14 މިލިއަން ރުފިޔާ ވަގަށް ނެގި މައްސަލާގައި ހައްޔަރު ކުރި 11 މީހުންގެ ތެރޭގައި ސިމާދު ހިމެނެއެވެ. ފަހުން އޭނާ ދޫކޮށްލި ސަބަބެއް ފުލުހުން ނުބުނެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް