Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 23:15
ގއ. ވިލިނގިލި: ސިމާދުގެ ހަށިގަނޑު ހިތަދޫއަށް ގެންދިއުމަށް ގއ. އަތޮޅު ހޮސްޕިޓަލުގެ  ލޯންޗަށް އަރުވަނީ— ފޮޓޮ/ ހުސައިން ހަސަން
ގއ. ވިލިނގިލި: ސިމާދުގެ ހަށިގަނޑު ހިތަދޫއަށް ގެންދިއުމަށް ގއ. އަތޮޅު ހޮސްޕިޓަލުގެ ލޯންޗަށް އަރުވަނީ— ފޮޓޮ/ ހުސައިން ހަސަން
މުހައްމަދު ޝަރުހާން
މަރުގެ މައްސަލަތައް
ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލުކޮށް، ހިތަދޫއަށް ފުރުވާލައިފި
ހަށިގަނޑު އައްޑުއަށް ފުރުވާލީ ކަނޑު މަގުން
ގއ. ވިލިނގިލީގައި މަރުވެފައި އޮއްވާ ފެނުނު އައްޑޫ ސިޓީ، ހިތަދޫ، ހުސައިން ސިމާދުގެ ހަށިގަނޑު ފުލުހުން އާއިލާއާ ހަވާލުކޮށް، ޢޭނާގެ އުފަން ރަށަށް ފުރުވާލައިފިއެވެ.
ސިމާދުގެ ހަށިގަނޑު ހިތަދޫއަށް ފުރުވާލީ ކަނޑުމަގުން ގއ. އަތޮޅު ހޮސްޕިޓަލުގެ ސީއެންބިއުލާންސެއްގައެވެ. ސިމާދުގެ ހަށިގަނޑު އާއިލާއާ ހަވާލު ކުރީ އާދީއްތަ ދުވަހުގެ ހެނދުނުން ފެށިގެން ތަހުގީގަށް 13 ގަޑިއިރު ވަންދެން ހޮސްޕިތަލުގައި ބޭއްވުމަށް ފަހުއެވެ.
ތަހުގީގު ފުރިހަމަ ކުރުމަށް މާލެއިން ފުލުހުންގެ ޓީމެއް ވިލިނގިއްޔަށް ވަނީ ގޮސްފައެވެ. 
ސިމާދުގެ ހަށިގަނޑު ހިތަދޫއަށް ގެންދަން ފުރުވާލީ އެއްވެސް ފުލުހެއްގެ އެހީތެރިކަމާ ނުލައެވެ. އެ ގޮތުން ސިމާދުގެ ހަށިގަނޑު ހިތަދޫއަށް ގެންދިޔަ ދަތުރުގައި އެއްވެސް ފުލުހަކު ބައިވެރިއެއް ނުވެއެވެ.
ސިމާދު ހަށިގަނޑު އާދީއްތަ ދުވަހުގެ ހެނދުނު ވިލިނގިލީ އުތުރު ފަރާތު ހަރުގެއެއްގެ ތެރެއިން ފެނުނީ އާއިލާއިން ގެއްލިގެން ހޯދަމުން ދަނިކޮށެވެ.
އޭނާގެ ހަށިގަނޑަށް ބޮޑެތި ޒަހަމްތަކެއް ލިބިފައިވެއެވެ. އެގޮތުން ކަރުގަ އާއި އަތުގައި ޒަހަމްތަކެއް ހުއްޓެވެ. އެ ޒަހަމްތައް ހުރީ ވަރަށް ބޮޑަށް ފިހިފައި ކަހަލަ ގޮތަކަށް ކަމަށް އާއިލާގެ ފަރާތުން “ރާއްޖެއެމްވީ”އަށް މައުލޫމާތު ދިނެވެ.
މަރުގެ މައްސަލާގައި އެއްވެސް މީހަކު އަދި ހައްޔަރެއް ނުކުރެއެވެ.
Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: ޙުސައިން ޙަސަން
- ކޮމެންޓް