Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 00:20
ޕާކްކޮށްފައިވާ ޓެކްސީ ތަކެއް
ޕާކްކޮށްފައިވާ ޓެކްސީ ތަކެއް
ގޫގުލް
ޓެކްސީ ހުއްދަ ބާތިލްކުރުން
ކަފި ހުރަހުން ބާރު ސްޕީޑެއްގައި ޓެކްސީ ދުއްވި ޑްރައިވަރަށް ދޫކޮށްފައިވާ ހުއްދަ ބާތިލްކޮށްފި
ލައިސެންސް ވަނީ ހިފަހައްޓާފައި

މިދިޔަ އަންގާރަ ދުވަހު މުންލައިޓް ހިނގުމުގެ ކަފިހި ހުރަހުން ބާރު ސްޕީޑެއްގައި ޓެކްސީ ދުއްވުމާއި ގުޅިގެން ޓެކްސީ ޑްރައިވަރުގެ ލައިސެންސް ހިފަހައްޓައި ޓެކްސީ ހުއްދަ ބާތިލް ކޮށްފައިވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ. 

ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް ދުއްވާފައި ދިޔަ އެކާރުން ޖެހި ވެއްޓުމުގެ ސަބަބުން 47 އަހަރުގެ އަންހެންކަށް ވަނީ އަނިޔާވެފައެވެ. އެ އަންހެން މީހާގެ ހާލު ސީރިއަސްވެ އޭނާއަށް ދަނީ އޭޑީކޭގެ އައިސީޔޫ ގައި ފަރުވާދެމުންނެވެ. 

ޓްރާންސްޕޯޓް މިނިސްޓްރީން އާދިއްތަ ދުވަހު ކުރި ޓްވީޓެއްގައި ބުނީ، ޓެކްސީ ދުއްވި ޑްރައިވަރުގެ ލައިސެންސް ހިފަހައްޓާފައި ވަނީ ދެ އަހަރު ދުވަހަށް ކަމަށެވެ. އަދި އެ ފަރާތައް ދޫކޮށްފައިވާ ޓެކްސީ ހުއްދަ ބާތިލް ކޮށްފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. 

އެއްގަމު ދަތުރުފަތުރުގެ ގާނޫނުގެ 63 ވަނަ މާއްދައިގެ ނޫނުގައި ބުނެފައި ވަނީ، އެގްޒަމިނަރެއްގެ ބެލުމުގެ ދަށުން އިމްތިހާނުގައި ދުއްވާއިރު، ލައިސަންސް ގެންގުޅޭކަށް ނުޖެހޭނެ ކަމަށެވެ. ނަމަވެސް، އާންމު ދަތުރުފަތުރުގެ ނިޒާމުގެ ތެރޭގައި މިފަދަ އިމްތިހާނަކާށް ދުއްވާއިރު، ދުއްވާމީހާކާއެކު އެގްޒަމިނަރ އިންނަންވާނެއެވެ.

މި ފަހަކަށް އައިސް ނުރައްކާތެރި އެކްސިޑެންޓް ހިނގާ އަދަދު ވަނީ އިތުރުވެފައެވެ. މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން ހޭލުންތެރި ކުރުމުގެ ގޮތުން ޓްރާންސްޕޯޓް މިނިސްޓްރީގެ އިތުރުން ފުލުހުން ދަނީ އެކި ކަހަލަ ޕްރޮގްރާމްތައް ހިންގަމުންނެވެ.    

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ގަޑިއިރު ކުރި
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް