Advertisement
ކ. މާލެ
|
18 ފެބްރުއަރީ 2019 | ހޯމަ 00:30
ވަރކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް ގައި ފޮރިން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދައްކަވަނީ
ވަރކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް ގައި ފޮރިން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދައްކަވަނީ
ފޮރިން މިނިސްޓްރީ
ވަރކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕ
މޫސުމީ ބަދަލުތަކުގެ މައްސަލައިގައި އިންސާނީ މަސްލަހަތަށް އިސްކަންދޭން ޖެހޭ: ޝާހިދު
މަޝްވަރާތަކުގައި ކާމިޔާބު ލިބިފައިނުވަނީ ހަމައެކަނި ބާރުވެރިކަން ނެތިގެން ނޫންކަމަށް ޝާހިދު ވިދާޅުވި
ބައިނަލްއަޤްވާމީ ކްލައިމެޓް ޑިޕްލޮމެސީގައި ރާއްޖެއިން ހުއްޓުމެއް ނެތި އަޑުއުފުލަމުން ގެންދާނެކަމުގެ ޔަގީންކަން މިނިސްޓަރ ވަނީ ދެއްވާފައި

ޒަމާނުއްސުރެ ޑިޕްލޮމެސީގައި އިސްކަންދެވިފައިވަނީ ޤައުމީ މަސްލަހަތަށްކަމަށާއި، އެހެންނަމަވެސް މޫސުމީ ބަދަލުތަކުގެ މައްސަލައިގައި އިންސާނީ މަސްލަހަތަށް އިސްކަންދޭން ޖެހޭކަމަށް ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝާހިދު މިހެން ވިދާޅުވީ, ރައީސް މުޙައްމަދު ނަޝީދުގެ އޮފީހާއި ޔޫރަޕްގެ ބައެއް ޔުނިވަރސިޓީތައް ގުޅިގެން އާދިއްތަ ދުވަހު ބ އަތޮޅު ދިގުފަރު ރިޒޯޓްގައި "ވަރކްޝޮޕް އޮން ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް"ގެ ނަމުގައި ފެށި ވަރކްޝޮޕް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޝާހިދު ވިދާޅުވީ، ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކާއި ބެހޭ މަޝްވަރާތަކުގައި ކާމިޔާބު ލިބިފައިނުވަނީ ހަމައެކަނި ބާރުވެރިކަން ނެތިގެން ނޫންކަމަށާއި، ޒަމާންވީ ޑިޕްލޮމަޓިކް އުޞޫލުތަކުގައި އާންމުކޮށް އޮންނަނީ އެ ޤައުމަކަށް ލިބެންއޮތް ފައިދާއަކަށް ބަލައި އަނެއް ޤައުމަށް ދޫދިނުމުގެ އުޞޫލުކަމަށެވެ.

ވޯރކްޝޮޕްގެ ތެރެއިން / ފޮޓޯ - ފޮރިން މިނިސްޓްރީ 

މޫސުމަށް އަންނަ ބަދަލުތަކުގެ އަސަރުކުރަނީ ވަކި ޤައުމެއްގެ ސަރަހައްދީ އިމުގެ ތެރޭގައި، ވަކި ބަޔަކަށް، ވަކި މިންވަރަކަށް ނޫން ކަމަށާއި، މި އުޞޫލުތަކަށް ރިޢާޔަތްކޮށް މި މައްސަލައަށް ހައްލެއް ނުލިބޭނެކަމަށް އެމަޝްވަރާތަކުގައި ބައިވެރިވާ ތަޖުރިބާކާރުންނަށް ފާހަގަކުރެވިފައިވާކަމަށް ޝާހިދު ވިދާޅުވިއެވެ. ބައިނަލްއަޤްވާމީ ކްލައިމެޓް ޑިޕްލޮމެސީގައި ރާއްޖެއިން ހުއްޓުމެއް ނެތި އަޑުއުފުލަމުން ގެންދާނެކަމުގެ ޔަގީންކަން ޝާހިދު ވަނީ ދެއްވާފައެވެ.  

ފަރަންސޭސީވިލާތުގެ ޕެރިހާއި ޕޮލެންޑްގެ ކެޓޮވިޗްގައި ކުރިއަށް ދިޔަ މޫސުމަށް އަންނަމުންދާ ބަދަލުތަކާއި ބެހޭ ބަހުސްގައި ރާއްޖެއިން ބައިވެރިވެ، ޕެރިސް އެގްރިމެންޓާއި ކެޓޮވިޗް ރޫލްބުކް އެކުލަވާލުމުގައި ރާއްޖެއިން މުހިއްމު ދައުރެއް އަދާކުރިކަން ޝާހިދު ވަނީ ފާހަގަ ކުރައްވާފައެވެ.

މޫސުމަށް އަންނަ ބަދަލުތަކާއިބެހޭ ބައިނަލްއަގްވަމީ ސުލްހަޔާއި ގުޅޭގޮތުން އދ.ގެ ސަލާމަތީ މަޖިލީހުގައި ޝާހިދު ވަނީ ދާދިފަހުން ތަގްރީރް ކުރައްވާފައެވެ. ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ރާއްޖެއަށް ދިމާވާ ކަންތައްތަކަށް ހައްލެއް ބޭނުންވާ ކަމަށާއި، ދެން އިތުރަށް މަޑުކުރެވެން ނެތް ކަމަށް ތަގްރީރު ކުރައްވަމުން ޝާހިދު ވަނީ ވިދާޅުވެފައެވެ.  

ދެ ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި ވަރކްޝަޕްގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު ނަޝީދުގެ އިތުރުން ސަރުކާރުގެ އިސްބޭފުޅުން ބައިވެރިވެވަޑައިގަންނަަވައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަބުދުﷲ ނަސީރު އިބްރާހިމް
- ކޮމެންޓް