Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 19:49
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދު
ރައީސް އޮފީސް
ޔޫތް މިނިސްޓްރީ
ޔޫތު މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން އަލީ ވަހީދާ ހަވާލުކުރައްވައިފި
ޔޫތު މިނިސްޓަރުކަމުގައި ހުންނެވި މަހްލޫފް ވަނީ ގޭގައި މަޑުކުރައްވާފައި

މިނިސްޓްރީ އޮފް ޔޫތު ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ހިންގުން ވަގުތީ ގޮތުން ޓުއަރިޒަމް މިނިސްޓަރ އަލީ ވަހީދާ ހަވާލުކުރައްވައިފިއެވެ.

އާދިއްތަ ދުވަހު ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް ހޫދު ކުރައްވާފައިވާ ޓްވީޓްގައި ވަނީ ޔޫތު މިނިސްޓްރީގެ ހިންގުން ވަގުތީ ގޮތުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާ ހަވާލުކުރައްވަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނިންމަވާފައިވާ ކަމަށެވެ.

ޔޫތު މިނިސްޓްރީ ހިންގުން ވަގުތީ ގޮތުން ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދާ ވަހާލުކޮށްފައި މިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ވަން އެސްއޯއެފް ކުންފުންޏާ އެކު ކުރެއްވި ފައިސާގެ މުއާމަލާތާ ގުޅިގެން މައްސަލަ ތަހުގީގުކޮށް ނިމެންދެން ގޭގައި މަޑުކުރައްވަން މިދިޔަ ބުރާސްފަތި ދުވަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އަންގެވުމާ ގުޅިގެންނެވެ. އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ރިޕޯޓުގައި މަހުލޫފުގެ އެކައުންޓަށް 33000 ޑޮލަރު އެސްއޯއެފް އިން ޖަމާވެފައިވާ ކަމަށް ވަނީ ދައްކާފައެވެ.

މައްސަލައާ ގުޅިގެން މަހުލޫފް ނެރުއްވި ބަޔާނެއްގައި އޭނާ ވިދާޅުވެފައި ވަނީ އެސްއޯއެފް އިން އޭނާގެ އެކައުންޓަށް ޖަމާކޮށްފައިވާ ފައިސާއަކީ ޑޮލަރު ގަތުމުގެ މުއާމަލާތެއްގައި ޖަމާކޮށްފައިވާ ފައިސާ ކަމަށެވެ.

މަހުލޫފް ވިދާޅުވެފައި ވަނީ ވައްކަމެއް ކޮށްފައި ނޯންނާނެ ކަމަށާއި، އަދި މައްސަލަ ބެލުމަށް ފަހު ގޯހެއް އުޅޭ ނަމަ އިސްތިއުފާ ދެއްވާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް