Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 16:57
އޭސީސީގެ ރައީސް ހަސަން ލުތުފީ:- މަނީ ލޯންޑަރިންގެ ތުހްމަތު އޭނާގެ މައްޗަށް ވެސް ކުރެވޭ
އޭސީސީގެ ރައީސް ހަސަން ލުތުފީ:- މަނީ ލޯންޑަރިންގެ ތުހްމަތު އޭނާގެ މައްޗަށް ވެސް ކުރެވޭ
މުހައްމަދު ޝަރުހާން
މަނީ ލޯންޑަކުރުން
އޭސީސީގެ ރައީސް ލުތުފީގެ މައްޗަށް ތުހްމަތު ކުރާ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން ބަލަނީ
މައްސަލައިގެ ތަފްސީލެއް ފުލުހުން ހާމައެއް ނުކުރޭ

އެންޓި ކޮރޮޕްޝަން ކޮމިޝަން (އޭސީސީ)ގެ ރައީސް ހަސަން ލުތުފީ ހިންގި ކަމަށް ތުހްމަތު ކުރެވޭ މަނީ ލޯންޑަރިންގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ލުތުފީގެ މަނީ ލޯންޑަރިންގެ މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ކަށަވަރު ކޮށްދީފައެވެ. ލުތުފީ އާއި އެހެން ފަރާތްތަކެއް ގުޅިގެން ހިންގި ކަމަށް ތުހްމަތު ކުރާ މައްސަލައިގެ އިތުރު ތަފްސީލެއް ފުލުހުން އަދި ހާމައެއް ނުކުރެއެވެ.  

އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގާފައިވާ ހިޔާނާތުގެ މައްސަލައިގައި އޭސީސީން ކޮށްފައިވާ ތަހްގީގުގެ ރިޕޯޓް މިހާރު އާންމުކޮށްފައިވާއިރު އެ ރިޕޯޓާ ގުޅިގެން އޭސީސީގެ މެމްބަރުންނަށް ގިނަ ބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.  އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާގެ ތެރެއިން ބައެއް އޭސީސީގެ ބައެއް މެމްބަރުންނާއި އެ މީހުންގެ އާއިލާއަށް ލިބިފައިވާ ކަމުގެ މައުލޫމާތު އޭސީސީއަށް ބައެއް ފަރާތުން ހިއްސާކޮށްފައި ވެއެވެ. ނަމަވެސް އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގެ ތަފްސީލް ރިޕޯޓުގައި އެއިން އެއްވެސް ވާހަކައެއް ބުނެފައެއް ނުވެއެވެ. 

އޭސީސީން ނެރުނު ރިޕޯޓަށް ފަހު ފުލުހުން ވަނީ އެ ރިޕޯޓުން ފާހަގަ ކުރެވުނު ކަންކަމަށް ބަލައި ބައެއް ތަހްގީގު ފަށާފައި އެވެ. އަދި ލުތުފީގެ އާއި އިތުރު ބަޔަކު ގުޅިގެން ހިންގި ކަމަށް ތުހްމަތު ކުރެވޭ މައްސަލައިގެ ތަހްގީގުގައި ބައެއް މީހުންގެ ބަޔާންތައް ވެސް މިހާރު ވަނީ ނަގަން ފަށާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް