Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 16:48
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ސުޕްރީމް ކޯޓަށް ވަންނަވަނީ:-އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވޭ
ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރު ސުޕްރީމް ކޯޓަށް ވަންނަވަނީ:-އޭނާގެ މައްޗަށް ދެ ދައުވާއެއް ކޮށްފައިވޭ
މުހައްމަދު ޝަރުހާން
އާޒިމާގެ މައްޗަށް ކުރާ ދައުވާ
އާޒިމާގެ މައްޗަށް ދެ ދައުވާއެއް އުފުލައިފި
އާޒިމާގެ މައްޗަށް ކުރި އެ ދައުވާ އަކީ މަނީ ލޯންޑަރކުރުމަށް އެހީތެރިވެދިނުމުގެ ކުށް
ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގައި ވެސް ދައުވާ ކޮށްފައިވޭ

މަނީ ލޯންޑަރކުރުމަށް އެހީތެރިވެދިނުމާއި ދައުލަތުގެ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރ އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލައިފިއެވެ.  

ޕްރޮސިކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް އާޒިމާގެ މައްޗަށް މި ދެ ދައުވާ އުފުއްލެވީ އާދިއްތަ ދުވަހު އެވެ. އާޒިމާގެ މައްޗަށް ކުރެވޭ އެ ތުހްމަތުތަކުގެ ތަހްގީގު ނިންމައި ދައުވާ ކޮށްދިނުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ މި މަހުގެ 6 ވަނަ ދުވަހު އެވެ.

އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ފައިސާ ލިބުނު އެސްއޯއެފުން، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަންފުޅުގައި ހުޅުވާފައިވާ އިސްލާމިކް ބޭންކުގެ އެކައުންޓަށް ޖަމާކުރި އެއް މިލިއަން ޑޮލަރަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި އެ ފައިސާ ދައުލަތަށް އަނބުރާ ހަވާލުކުރުމަށް އެމަނިކުފާނަށް އެންގުމުން އެ ފައިސާ ދައުލަތާ ހަވާލުނުކޮށް އެ އެކައުންޓުތަކުގައި ފައިސާ ދައުރުކޮށް މުއާމަލާތްކޮށްގެން މާލީ މަންފާ ލިބޭގޮތަށް ބޭނުންކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފައި އެވެ. އަދި އިސްލާމިކް ބޭންކުގައި ހުރި އެއް މިލިއަން ޑޮލަރު ހަވާލުކުރަން އޭސީސީން އެދުމުން ޔާމީން އެއްބަސްވެވަޑައިގަތީ، އެމަނިކުފާނާއި އޭސީސީ ހިއްސާވާ ގޮތަށް އެސްކްރޯ އެކައުންޓެއް ހުޅުވައި އެ ފައިސާ ހަވާލުކުރާށެވެ.

އެ ކޮމިޝަންގެ އެންގުމާ އެއްގޮތަށް ފައިސާ ޖަމާކުރައްވާފައިވާ ކަމަށް ރައީސް އޮފީހުގެ އޭރުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރު ވަނީ ލިޔުމުން އޭސީސީ އަށް އަންގަވައިފަ އެވެ. ނަމަވެސް އެކަމުގައި އޮޅުވާލުންތަކެއް އުޅޭކަން ފަހުން ފަޅާއެރީ އޭސީސީން ފުލުހުން ކިބައިން އެ މައްސަލަ ބަލައިދޭން ހުށައެޅި އެވެ. އާޒިމާގެ މައްޗަށް ވެސް އަދި ރައީސް ޔާމިންގެ މައްޗަށް ދައުވާ ކޮށްފައި ވަނީ އެ މައްސަލައިގެ ތަހްގީގުން ހާމަވި ކަންތައްތަކުގެ މައްޗަށެވެ. 

ރައީސް ޔާމިންގެ މައްޗަށް ވެސް ދައުވާ ކޮށްދޭން އެދުނީ އާޒިމާގެ މައްޗަށްވެސް ދައުވާކޮށްދޭން އެދުނު ދުވަހު އެވެ. އަދި ޔާމިންގެ މައްޗަށް ދައުލަތުން މިހާރު ކްރިމިނަލް ކޯޓުގައި ދައުވާ ކޮށްފައިވާއިރު އެ މައްސަލައިގެ ލިޔެކިޔުންތައް ކޯޓުން ޔާމިންއާ މިހާރު ވަނީ ހަވާލުކޮށްފައެވެ.   

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް