Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 15:47
ކުރީގެ ރައީސް އަބްދުﷲ ޔާމީން:-
ކުރީގެ ރައީސް އަބްދުﷲ ޔާމީން:-
ރައީސް އޮފީސް
ޔާމިންގެ މައްޗަށް ކުރާ ޖިނާއީ ދައުވާގެ މައްސަލަ
ޔާމިނަށް ކުރި ދައުވާ: މައްސަލައިގެ ލިޔުންތައް ކޯޓުން ހަވާލުކޮށްފި
އާޒިމާއަށް އަދި ދައުވާއެއް ނުކުރޭ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުވާކޮށްފައިވާ މަނީ ލޯންޑާކުރުމުގެ މައްސަލައިގެ ލިޔުންތައް ކްރިމިނަލް ކޯޓުން އެމަނިކުފާނާ ހަވާލުކޮށްފިއެވެ.  

މަނީ ލޯންޑާކުރުމުގެ ދައުވާ ޔާމިންގެ މައްޗަށް ޕްރޮސެކިއުޓާރ ޖެނަރަލް އައިޝަތު ބިޝާމް ދައުވާ އުފުއްލެވީ މިދިޔަ ހަފްތާގެ ބުދަ ދުވަހުއެވެ. އަދި ލިޔުންތައް އެމަނިކުފާނާ ހަވާލު ކުރެއްވީ އާދިއްތަ ދުވަހުގެ ހެނދުނެވެ.  

ޖިނާއީ އިޖްރާއަތުގެ ގާނޫނުގައި ބުނެފައިވާ ގޮތުން މީހެއްގެ މައްޗަށް ކޯޓުގައި ދައުވާ އުފުލުމާ އެކު ފަސް ދުވަސް ތެރޭގައި މައްސަލައިގެ ލިޔެކިޔުންތައް ކޯޓުން ދައުވާ ލިބޭ ފަރާތައް ހަވާލު ކުރަން ޖެހެއެވެ. ނަމަވެސް މައްސަލައިގެ އިބްތިދާއީ އަޑުއެހުންތައް ފަށާން ވަކި މުއްދަތެއް ކަނޑައަޅާފައިނޯވެއެވެ

ޔާމިންގެ މައްޗަށް އުފުލާފައިވާ ދައުވާގެ މައްސަލަ ބައްލަވާނީ އެ ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު އައިލަމް ކަމަށް ވަނީ މައުލޫމާތު ލިިބިފައިއެވެ.  

މަނީ ލޯންޑާކުރުމުގައި ޔާމީނާއި ބައިވެރިވެ އެހީތެރިކަން ދެއްވުމުގެ އިތުރުން ދައުލަތުގެ އިދާރާތަކަށް ދޮގު މައުލޫމާތު ދީ އޮޅުވާލާފައިވާ ކަމުގެ ތުހުމަތުގައި ރައީސް އޮފީހުގެ ކުރީގެ މިނިސްޓަރ އާއިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީ އޮފީހަށް ފޮނުވާފައެވެ. ނަމަވެސް އެ މައްސަލައިގައި އަދި ޕީޖީން ދައުވާ ކުރުމާ މެދު ގޮތެއް ނުނިމައެވެ.  

އެމްއެމްޕީއާރްސީ މެދުވެރިކޮށް ކުއްޔަށް ދޫކުރި ރަށްތަކާއި ފަޅުތަކާ ގުޅިގެން ދައުލަތަށް ލިބުނު ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އޭގެ ތެރެއިން ގިނަ އަދަދެއްގެ ފައިސާ ރައީސް ޔާމީނުގެ ނަމުގައި މޯލްޑިވްސް އިސްލާމިކް ބޭންކުގައި ހުޅުވާފައިވާ އެކައުންޓަކަށް ޖަމާކޮށްފައިވާ ކަމަށާއި، އެފައިސާ ލޯންޑާކޮށް އަދި އެކަމާ ގުޅޭ ގޮތުން ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން ހިންގި ތަހުޤީޤާ ގުޅިގެން ހިންގާފައިވާ މުއާމަލާތްތަކުގައި ދައުލަތުގެ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދީފައިވާ ކަމުގެ ތުހުމަތު ރައީސް ޔާމީނުގެ މައްޗަށް ކުރެވޭ ކަމަށް ފުލުހުން ވަނީ ބުނެފައެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށާއި، އެފައިސާ އަނބުރާ ދައުލަތަށް ހަވާލުކުރަން އެންގެވުމުން އެކަން ނުކުރައްވައި އެ ފައިސާ އެމަނިކުފާނުގެ ނަމުގައި ބޭންކުގައި ހުޅުވާފައިވާ އެކައުންޓުތަކުގައި ދައުރުކޮށް އެއިން މާލީ މަންފާ ލިބޭ ގޮތަށް ބޭނުންކޮށްފައިވާ ކަމަށް ވެސް ބުނެފައި ވެއެވެ

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް