Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 15:26
އިބްރާހިމް އަޙްމަދު ނާސިރު
އިބްރާހިމް އަޙްމަދު ނާސިރު
ގޫގުލް
އެފްއައިޔޫ ހެޑް
އެފްއައިޔޫގެ ހެޑަކަށް އިބްރާހިމް އަޙްމަދު ނާސިރު އައްޔަންކުރައްވައިފި
އެފްއައިޔޫގެ ހެޑަކަށް ނާސިރުު އައްޔަންކުރެއްވީ އާދިއްތަ ދުވަހު

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ދާށުން ހިންގާ ފައިނޭޝަލް އިންޓަރލިޖެންސް ޔުނިޓްގެ ވެރިޔާގެ މަޤާމަށް އިބްރާހިމް އަޙްމަދު ނާސިރު އައްޔަންކުރައްވައިފިއެވެ.

އެމްއެމްއޭ އިން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ ނާސިރު މަޤާމަށް އައްޔަންކުރެއްވީ އާދިއްތަ ދުވަހު ކަމަށެވެ.

އެފްއައިޔޫގެ ވެރިޔަކަށް ހުންނެވި އަބްދުﷲ އަޝްރަފް މަޤާމުން ވަކިކުރެއްވުމަށް އެމަޤާމަށް ރަސްމީ ހައިސިއްޔަތުން މިހާތަނަށް ބޭފުޅަކު އައްޔަންކުރައްވާފައެއް ނުވެއެވެ. އެ ދުވަސްތަކުގައި އެ ޔުނިޓް ބަލަހައްޓަވަމުން ގެންދެވީ އޭރު އެންމެ އިސްވެރިއެއްގެ ގޮތުގައި ހުންނެވި އިބްރާހިމް ޝަކީލްއެވެ. ނަމަވެސް ފަހުން ޝަކީލް ވެސް ވަނީ އެމްއެމްއޭގައި އޭނާ އަދާކުރައްވަމުންގެންދެވި މަޤާމުން އިސްތިއުފާދެއްވާފައެވެ.

އިބްރާހިމް އަޙްމަދު ނާސިރު މީގެ ކުރިން ވަނީ ޕެންޝަން އޮފީސް ބޯޑުގެ ޗެއަރޕާސަންގެ މަޤާމު އަދާކުރައްވާފައެވެ. އޭގެ އިތުރުން ގުޅީފަޅު އިންވެސްޓްމަންޓް ލިމިޑެޓްގެ ޗެއަރމަންކަމާއި ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ބޯޑު ޑިރެކްޓަރުކަން އަދާކުރައްވާފައި ވެއެވެ.

މީގެ އިތުރުން މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖާއި، މޯލްޑިވްސް ސެކިއުރިޓީސް ޑިޕޮސިޓަރީ ސްޓޮކް އެކްސްޗޭންޖްގެ އުފެއްދުމުގައި އިސްދައުރެއް އަދާކުރައްވާފައެވެ. އަދި ދެ ކުންފުނީގެ ސީއީއޯގެ މަޤާމު ތިން އަހަރު ޙިދުމަތްކުރައްވާފައި ވެއެވެ. އަދި 2017 ވަނަ އަހަރު އެޗްއެސްބީސީގެ ޑެޕިއުޓީ ކަންޓްރީ މެނޭޖަރެއްގެ އިތުރުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ކްރެޑިޓް ގެރެންޓީ ޔުނިޓްގެ ހެޑްގެ މަޤާމު ވެސް އަދާކުރައްވާފައިވާ ކަމަށް އެމްއެމްއޭ އިން ބުނެއެވެ. ނާސިރަކީ މާސްޓާރސް ޑިގްރީ އިން ޕޮލިޓިކަލް ހިސްޓްރީ އަދި ބެޗެލާސް ޑިގްރީ އިން އިކޮނޮމިކަލް ހިސްޓްރީއިން މަތީ ތައުލީމު ހާސިލްކުރައްވާފައިވާ ބޭފުޅެކެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
17 ފެބްރުއަރީ 2019 | އާދީއްތަ 14:48
އަލީ
ނާސިރުގެ ކާފަ ދަރިއެއް