Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 16:19
ނަޒާކީ ޒަކީ
ނަޒާކީ ޒަކީ
މުހައްމަދު ޝަރުހާން
އެމްޕީއެލް
އެމްޕީއެލްގެ ޗެއާމަނަކަށް ނަޒާކީ ޒަކީ ހަމަޖައްސައިފި
ނަޒާކީ ޒަކީއަށް އެމްޕީއެލްގެ ޗެއާމަންކަން ދިނީ، އަދާލަތު ޕާޓީގެ ސްލޮޓެއްގައި

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްގެ ޗެއާމަން ކަމަށް، ވިޔަފާރިވެރިއެއް ކަމަށްވާ މުހައްމަދު ޒަކީ (ނަޒާކީ ޒަކީ) ހަމަޖައްސައިފިއެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޒަކީ ވަނީ ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކަމުގެ މަގާމު އަދާކުރައްވާފައެވެ.

ޒަކީއަށް އެމްޕީއެލްގެ ޗެއާމަންކަން ދިނީ، އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ.

މެލޭޝިޔާގެ ރަސްގެފާނު ދެއްވާ މަތީ ޝަރަފެއް ކަމަށްވާ، "ދާތޯ"ގެ ލަގަބު 2011 ވަނަ އަހަރު އެ ގައުމުން ޒަކީ އަށް އަރުވާފައިވެ އެވެ.

އެމްޕީއެލްގެ މެނޭޖިން ޑިރެކްޓަރުގެ ގޮތުގައި މި ސަރުކާރުން އައްޔަންކޮށްފައި ވަނީ، އެސްޓީއޯގެ ކުރީގެ އެމްޑީ ޝާހިދު އަލީއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް