Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 14:31
ރާއްޖޭގެ ގައުމީ ދިދަ
ރާއްޖޭގެ ގައުމީ ދިދަ
ސަން
ދިވެހި ގައުމީ ދިދަ
ދިވެހި ގައުމީ ދިދަ ބޭނުންކުރުމާ ގުޅޭ އުސޫލު ބާތިލްކޮށްފި
އެ އުސޫލުގެ ދަށުން މާލެ އާއި ބައެއް ރަށްރަށުގައި ހުރި އެމްޑީޕީގެ ދިދަތައް ފުލުހުން ބޭނުންކޮށްގެން ނަގާފައިވޭ

އާންމު ތަނެއްގައި ގައުމީ ދިދަ ނަގަން ހޯމް މިނިސްޓްރީގެ ހުއްދަ ހޯދަންޖެހޭ ގޮތަށް އޮތް "ދިވެހިރާއްޖޭގެ ގައުމީ ދިދަ ބޭނުންކުރާނެ ގޮތުގެ އުސޫލު" އެ މިނިސްޓްރީން ބާތިލް ކޮށްފިއެވެ.

ހޯމް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައި ވަނީ 08 މާޗް 2017 ވަނަ ދުވަހު ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް އަމަލުކުރަން ފަށާފައިވާ "ދިވެހި ގައުމީ ދިދަ ބޭނުންކުރުމާ ގުޅޭ އުސޫލު" އަށް އަމަލުކުރުން ނިމުމަކަށް ގެނެސް އާދީއްތަ ދުވަހުން ފެށިގެން އެ އުސޫލު ބާތިލް ކޮށްފައިވާ ކަމަށެވެ.

ހޯމް މިނިސްޓްރީން ބާތިލް ކޮށްފައިވާ އުސޫލުގައި ކުރިން ބުނެފައިވަނީ ދާއިމީ ގޮތެއްގައި ދިދަ ނަގާފައި ހުންނަންވާނެ ތަންތަނާއި، ވަކި ވަގުތެއްގައި ދިދަ ނަގާފައި ހުންނަން ވާނެ ތަންތަން ހިމަނާފައެވެ. ސަރުކާރުގެ މުއައްސަސާތަކާއި އޮފީސްތަކާއި އެހެނިހެން ކުންފުނި ފަދަ ތަންތަން ފިޔަވައި އާންމު އެހެން ތަނެއްގައި ޤައުމީ ދިދަ ނަގާ ނަމަ ނަގަންވާނީ ހޯމް މިނިސްޓްރީ އިން ލިޔުމަކުން ހުއްދަ ހޯދައިގެން ކަމަށް ވެސް އެ އުސޫލުގައި ބަޔާންކޮށްފައި ވެއެވެ.

މީގެ އިތުރުން ގައުމީ ދިދަ އަށް ވުރެ އުހުގައި އެހެން އެއްވެސް ދިދައެއް ނުނެގޭނެ ކަމަށް އެ އުސޫލުގައި ވެއެވެ. މާލެ އާއި ބައެއް ރަށްރަށުގައި ހުރި އެމްޑީޕީގެ ދިދަތައް އެ އުސޫލަށް އަމަލުކުރަން ފެށުމާ އެކު ފުލުހުން ބޭނުން ކޮށްގެން ނަގާފައި ވެއެވެ. އަދި ދިދަ ނެގުމުގެ ތެރޭގައި ބޮޑެތި ހަމަނުޖެހުންތައް ވެސް ހިނގާފައި ވެއެވެ. އެ ގޮތުން ބައެއް ރަށްރަށުގައި ގަސްގަހަށް ނަގާފައި ހުރި ދިދަ ތިރިނުކުރެވިގެން ގަސްތައް ކެނޑުން ފަދަ ކަންކަން ވެސް ކޮށްފައި ވެއެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް