Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 16:23
ރާއްޖެއެމްވީ
އޯގާ ކޭމްޕް
އިސްލާމިކް މިނިސްޓރީން ކުރިއަށް ގެންދާ އޯގާ ކޭމްޕް އއ. އަތޮޅުގައި ފަށައިފި
އޯގާ ކޭމްޕް ކުރިއަށް ދާނީ ފެބުރުއަރީ މަހުގެ 17 އިން މިމަހުގެ 25 އަށް

ދީނީ ޚިޔާލު ތަފާތު ކުރުންތަކުން އެއްކިބާކޮށް އެއްބައިވަންތަ ކަމާއި ސުލްހަ މަސްލަސްކަން ގާއިމް ވެފައިވާ މުޖުތަމައެއް ބިނާ ކުރުމަށްޓަކައި މިނިސްޓްރީއޮފް އިސްލާމިކް އެފެއާޒާއި މޯލްޑިވް ޕޮލިސް ސާރވިސް ގުޅިގެން ކުރިއަށް ގެންދާ "އޯގާ ކޭމްޕް" އއ. އަތޮޅުގައި ފަށައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ދީނީ ޚިޔާލު ތަފާތު ކުރުންތަކުން އެއްކިބާކޮށް އެއްބައިވަންތަ ކަމާއި ސުލްހަ މަސްލަސްކަން ގާއިމް ވެފައިވާ މުޖުތަމައެއް ބިނާ ކުރުމަށްޓަކައި ކުރިއަށް ގެންދާ މިކެމްޕް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައި ވަނީ ފެބުރުއަރީ މަހުގެ 17 އިން މި މަހުގެ 25 ކަމަށެވެ.

މި ކޭމްޕްގެ ހަރަކާތްތައް ބޭއްވުމަށް ހަމަޖެހިފައި ވަނީ އއ. އުކުޅަހާއި އއ. ހިމަންދު އާއި، ހއ. މާޅޮހުގައި ކަމަށެވެ.

އެއް ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދާ މި ކޭމްޕްގައި މުޖުތަމައުގެ ތާފަތު ގިންތިތަކަށް އަމާޒްކޮށްގެން ހޭލުންތެރި ކުރުމަށް ތަފާތު ހަރަކާތްތަށް ބޭއްވުމަށް ހަމަޖެހިފައިވާ ކަމަސް އިސްލަމިކް މިނިސްޓްރިން މައުލޫމާތު ދެއެވެ.

 އެގޮތުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ސަރުކާރުގެ މުވައްޒަފުންނާއި ސްކޫލުތަކުގެ ދަރިވަރުންނާއި އަދި އާންމުންނަށް އަމާޒްކުރެވިގެން ތަފަތު ޕްރޮގްރާމްތަށް ހިންގުމަށް ހަމަޖެހިފައިވާ ކަމަސްވެސް އެ މިނިސްޓްރީން ބުނެއެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް