Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 12:44
ހުޅުމާލޭގައި ހިނގާފައިވާ އެކްސިޑެންޓެއްގެ މަންޒަރެއް
ހުޅުމާލޭގައި ހިނގާފައިވާ އެކްސިޑެންޓެއްގެ މަންޒަރެއް
ރާއްޖެ އެމްވީ
ޫމޫންލައިޓްވިއު ހިނގުން އެކްސިޑެންޓް
ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް އެކްސިޑެންޓްވި މީހާގެ ހާލު ސީރިއަސް
އުމުރުން 47 އަހަރު އަންހެން މީހާއަށް މިހާރު އަންނަނީ އައިސީޔޫގައި ފަރުވާ ދެމުން

ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް،  އެކްސިޑެންޓްވެ އަނިޔާވި އަންހެން މީހާގެ ހާލު ސީރިއަސް ކަމަށް އޭނާއަށް ފަރުވާ ދެމުން އަންނަ އޭޑީކޭ ހޮސްޕިޓަލުން ބުނެފިއެވެ.

އުމުރުން 47 އަހަރު އަންހެން މީހާއަށް މިހާރު އަންނަނީ އައިސީޔޫގައި ފަރުވާ ދެމުންނެވެ. އޭޑީކޭ ހޮސްޕިޓަލްގެ މެނޭޖިންގ ޑިރެކްޓަރ އަހްމަދު އައްފާލް ވިދާޅުވީ އޭނާ އޮތީ "ސީރިއަސް" ހާލަތެއްގައި ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު މޫންލައިންޓް ހިނގުމުގެ ކަފިހި ހުރަހުން މަގު ހުރަސްކުރަނިކޮށް،  އެކްސިޑެންޓްވެ އަންހެންމީހާގެ ބޯ ޖެހުނީ ސްޕީޑްބްރޭކަރުގައެވެ.  ރާއްޖެ އެމްވީއަށް މައުލޫމާތު ލިބިފައި ގޮތުގައި ކަފިހި ހުރަހުން އޭނާ މަގު ހުރަސްކުރަނިކޮށް ދުއްވާފައި އައި ކާރުން ޖެހި ވެއްޓުމުން އޭނާގެ ބޯ ސްޕީޑްބްރޭކަރުގައި  ޖެހުމުގެ ސަބަބުން އަންހެން މީހާގެ ސިކުނޑިއަށް ވަނީ ލޭ އެޅިފައެވެ.

އެކްސިޑެންޓްވި އަންހެންމީހާ އަށް ލިބިފައިވާ ގެއްލުންތަކާއި އަދި ދެމުން އަންނަ ފަރުވާގެ ތަފްސީލް ހާމަކޮށްދެވެން ނެތް ކަމަށް އޭޑީކޭ ހޮސްޕިޓަލުން ވަނީ ބުނެފައެވެ.

ފުލުހުން ބުނީ އެ މައްސަލަ މިހާރު އެ އިދާރާއިން ތަހްގީގް ކުރަމުން އަންނަ ކަމަށެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް