Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 13:39
ވެޓެރިނަރީ ކްލިނިކުގައި ބުޅަލަކަށް ފަރުވާ ދެނީ
ވެޓެރިނަރީ ކްލިނިކުގައި ބުޅަލަކަށް ފަރުވާ ދެނީ
ގޫގުލް
ޖަނަވަރުންނަށް ފަރުވާ ދޭ ކްލިނިކު
ވެޓެރިނަރީ ކްލިނިކު ވަގުތީ ގޮތުން ބަންދު ކޮށްފި
ވެޓެނެރީ ސާވިސްގެ އަލުން ދޭން ފަށާނީ މި މަހުގެ 25 ވަނަ ދުވަހު
ޖަނަވާރަށް ފަރުވާދޭ ކްލިނިކް ހުޅުވާފައި ވަނީ ޖެނުއަރީ 10 ގައި

މިނިސްޓްރީއޮފް ފިޝަރީޒް އެންޑް އެގްރިކަލްޗަރ އިން ވިލިމާލޭގައި ހިންގަމުން އަންނަ ޖަނަވާރަށް ފަރުވާދޭ ކްލިނިކް ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.

ފިޝަރީޒް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ ކްލިނިކްގެ ޚިދުމަތް ވަގުތީ ގޮތުން ހުއްޓާލަންޖެހުނީ އާއިލީ ޒިންމާގެ ޗުއްޓީއެއްގައި ޑޮކްޓަރު ގައުމަށް ފުރާތީ ކަމަށެވެ. އެހެންކަމުން ފެބުރުއަރީ މަހުގެ 17 އިން 24 އަށް ވެޓެރިނަރީ ސާވިސް ވަގުތީ ގޮތުން މެދުކަނޑާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ. އެތަނުގައި ޚިދުމަތް ދިނުމަށް ހުންނަނީ އެންމެ ޑޮކްޓަރެކެވެ. 

ވެޓެރިނެރީ ސާވިސްގެ އަލުން ދޭން ފަށާނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށް ވެސް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ ވެއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޖަނަވާރަށް ފަރުވާދޭ ކްލިނިކް ހުޅުވާފައި ވަނީ ހުސްވި ޖެނުއަރީ މަހުގެ 10 ވަނަ ދުވަހުއެވެ. މި ކްލިނިކުން ޖަނަވާރުންނަށް ބޭނުންވާ ފަރުވާ އާއި ވެކްސިންގެ އިތުރުން އޮޕަރޭޝަންތައް ވެސް ކުރެއެވެ. 

ޖަނަވާރުންނަށް ފަރުވާދޭ ޑޮކްޓަރަށް ދައްކަން 50ރ. ނަގާއިރު އެހެން ހުރިހާ ހިދުމަތަކަށް ނަގަނީ 100ރ. އެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް