Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 12:05
ދުންފަތް ހަށިގަނޑަށް ގެއްލުން ދެނިވި ބާވަތެއް
ދުންފަތް ހަށިގަނޑަށް ގެއްލުން ދެނިވި ބާވަތެއް
މުހައްމަދު ޝަރުހާން
ދުންފަތް ކޮންޓްރޯލް ކުރުން
ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކާ ފަރާތްތަކަށް މައުލޫމާތު ހިއްސާ ކުރަނީ
އަންނަ މެއި 31 ވަނަ ދުވަހުން ފެށިގެން ވަކި ސިނގިރޭޓް ވިއްކުން ވަނީ މަނާކޮށްފަ

"ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ގަވާއިދު" އާ ގުޅޭ ގޮތުން ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކާ ފަރާތްތަކަށް މަޢުލޫމާތު ޙިއްޞާ ކުރުމަށް ހެލްތު މިނިސްޓްރީން ނިންމައިފިއެވެ.

ހެލްތު މިނިސްޓްރީން ކޮށްފައިވާ ދުންފަތުގެ ބާވަތްތައް އެތެރެކޮށް ވިއްކާ ފަރާތްތަކަށް މަޢުލޫމާތު ޙިއްޞާ ކުރުމަށްޓަކައި ބާއްވާ ބައްދަލުވުމެއް 19 ފެބްރުވަރީ 2019 ވާ އަންގާރަ ދުވަހު ހެނދުނު 10:00 ން 11:00 އަށް ރޯޝަނީ ބިލްޑިންގ، 07 ވަނަ ފަންގިފިލާގައި އޮންނާނެ ކަމަށް ބުނެފައިވެއެވެ.

މި މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރި ވުމަށް އެދޭ ފަރާތްތަކުން އެ  މިނިސްޓްރީގެ ނަންބަރު 3014411 ފޯނަށް ގުޅާ ނަން ނޯޓު ކުރުމަށް އެދޭ ކަމަށް އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

އަންނަ މެއި 31 ވަނަ ދުވަހުން ފެށިގެން ވަކި ސިނގިރޭޓް ވިއްކުން މަނާ ކުރުމަށާއި ސިނގިރޭޓް ފޮށީގެ ބޭރުގައި އިންޒާރުގެ ފޮޓޯ ޖެހުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

"ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލްޖެހުމާ ބެހޭ ގަވާއިދު" ވާ ގޮތުން ސިނގިރޭޓު ފޮށި ބަންދުކޮށްފައި ހުންނަން ޖެހޭނީ ކޮންމެ ފޮށްޓެއްގައި 20 ސިނގިރޭޓަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. ބިޑި ޕެކް ކޮށްފައި ހުންނަން ވާނީ ކޮންމެ ޕެކެޓެއްގައި 50 ބިޑި އަށް ވުރެ މަދު ނުވާނެ ގޮތަކަށެވެ. އަދި ބިޑި އުފެއްދުމަށް ބޭނުން ކުރާ  ގޮށި ހަދަން ވާނީ އެއްވެސް އެއްޗެއް ޗާޕްކޮށްފައި ނުވާ ނުވަތަ ލިޔެފައި ނުވާ ކަރުދާހެއްގައި ކަމަށް ބުނެފައި ވެއެވެ.

އަދި ދުންފަތުގެ ބާވަތެއް ހިމެނޭ އުފެއްދުންތައް ބަންދުކޮށްފައި ހުންނަ ޕެކެޓާއި ކާޓަންގައި ދުންފަތުން ލިބޭ ގެއްލުންތަކުގެ ހަގީގަތް ހާމަވާ މަންޒަރު ނުވަތަ ފޮޓޯ ހިމެނޭ އިންޒާރުގެ ނޯޓިސް ޖެހުމުގައި އަމަލު ކުރާނެ ގޮތްތައް ކަނޑައަޅަން ޖެހެ އެވެ.

ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ބޯޑުން އެކުލަވައިލި، ދުންފަތުގެ ބާވަތްތައް ޕެކެޓްކޮށް ލޭބަލް ޖެހުމާ ބެހޭ ގަވައިދުގައިވާ ގޮތުން ގަވައިދުގެ މަގްސަދަކީ ދުންފަތުގެ އިސްތިއުމާލް ކުރާ މީހުންނާއި ދުންފަތުގެ އިސްތިއުމާލް ކުރުމުގެ ފުރުސަތު ބޮޑު މީހުންނަށް ލިބޭނެ ގެއްލުން އަންގައިދީ ދުންފަތް ގަނެ ވިއްކުމުގައި އެމީހުންގެ ރައްކާތެރިކަމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ ފަރާތްތަކަށް ލާޒިމް ކުރުމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 ފެބްރުއަރީ 2019 | އާދީއްތަ 08:55
އެޑަމް
ދުންފަތުން ސިއްހަތަށްވާ ގެއްލުން ބޮޑުކަމަށްދައްކާ ވާހަކަތަކަކީ، މީހުން ހޭލުންތެރިކުރުމަށްވުރެ ބޮޑަށް ދުންފަތުގެ އަގު މަތިކުރުމަށް ކުރާކަމެއްގެ ގޮތުގަ މިހާތަނަށް ފެންނަންއޮތީ، މިހެން މިބުނީ ކާބޯތަކެތީގެ އެހެން ބާވަތަކުން ސިއްހަތަށް ގެއްލުންދޭ އެއްވެސް މާއްދާއެއް ފެނިއްޖެނަމަ ވަރަށް ގިނަފަހަރު އެއެއްޗެއް އެތެރެކުރުމާ ވިއްކުން މަނާކުރެވޭ އެކަމް ދުންފަތުން ވިޔަފާރިއަށް ލިބޭ ފައިދާ ބޮޑުވީމަ އަގު ބޮޑުކުރުން ފިޔަވާ ހުއްޓުވަން ކުރެވޭ އިތުރުކަމެއް ނުފެނޭ.