Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 11:56
ރައީސް ނަޝީދު ދިގުފަރަށް ވަޑައިގަތުން
ރައީސް ނަޝީދު ދިގުފަރަށް ވަޑައިގަތުން
މުހައްމަދު ޝަރުހާން
ރައީސް ނަޝީދު
ކްލައިމެޓް ވޯކްޝޮޕެއްގައި ބައިވެރިވުމަށް ރައީސް ނަޝީދު ދިގުފަރަށް ވަޑައިގެންފި
މި ވޯކްޝޮޕުގައި މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ ގޮތުން މަޝްވަރާކުރެވޭނެ

ކްލައިމެޓް ޑިޕްލޮމެސީ އެންޑް ޖިއޯ ޕޮލިޓިކްސް ވޯކްޝޮޕެއްގައި ބައިވެރިވެވަޑައިގަތުމަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބ އަތޮޅު ދިގުފަރު އައިލެންޑް ރިސޯޓަށް ވަޑައިގެންފިއެވެ.

ރައީސް ނަޝީދު އޮފީހުން ބުނެފައިވަނީ މި ވޯކްޝޮޕަކީ ކުދި ގައުމުތަކަށް ދިމާވާ ތިމާވެށީގެ މައްސަލަތަކާއި މޫސުމަށް އަންނަ ބަދަލުކާއި ދެކޮޅަށް ކުރެވިދާނެކަންތައްތަކާއި ބޭހޭގޮތުނާއި އޭގެ ސަބަބުން ކުދި ގައުމުތަކަށް ކުރާ އިމްޕެކްޓާއި ބެހޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ވޯކްޝޮޕެއް ކަމަށެވެ. ދެ ދުވަހުގެ މުއްދަތަކަށް ބ އަތޮޅު ދިގުފަރު އައިލެންޑް ރިސޯޓުގައި ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައި ވާ މި ވޯކްޝޮޕްގައި ރާއްޖެއިންބޭރުން ބައިވެރިވުމަށް އަންނަ ފަރާތްތަކުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާއި ގުޅިގެން ތައްޔާރު ކޮށްފައިވާ ޕްރެޒެންޓޭޝަނެއް ހުށަހެޅުމަށް ހަމަޖެހިފައެވެ. ޖުމްލަ ތިން ސެޝަނެއް ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ވޯކްޝޮޕްގައި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުރުން އެންވައިރަމެންޓް މިނިސްޓަރ ޑރ ހުސައިން ރަޝީދު ހަސަން ވާހަކަދައްކަވަން ވަނީ ހަމަޖެހިފައެވެ.

ކުރީގެ ރައީސް ނަޝީދުގެ މި ދަތުރުފުޅުގައި އެމްޑީޕީގެ ލީޑަރޝިޕްގައި ހިމެނިވަޑައިގަންނަވާ އިސްބޭފުޅުންނާއި ސަރުކާރުގެ ބައެއް ވަޒީރުންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުން ބައިވެރިވެވަޑައިގަންނަވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
17 ފެބްރުއަރީ 2019 | އާދީއްތަ 10:37
ފަގީރު ސޮރު
މިއީއެހާރީތި މަންޒަރެއްނޫން ބަލާކަށް ދެބަންގްލަދޭޝްމީހުން ބޮޑުބެރު ހިފައިގެން ދިވެހިން ނެތީތަ މިރިޒޯޓްގައި....