Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 09:42
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
މުހައްމަދު ޝަރުހާން
އެމްއެމޕީއާރުސީގެ ޚިޔާނާތް
އޭސީސީގެ ރިޕޯޓް ވަނީ ކުރުގަންނަވާލާފައި، ހާމަކޮށްފައިވަނީ ރިޕޯޓުގެ އެއްބައި: ގާސިމް
ކެޔޮކޭވަރު އެނގޭނީ ރިޕޯޓް ހާމަކުރުމުން

އެންޓި ކަރަޕްޝަންސް ކަމިޝަން އޭސީސީއިން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު ރިޕޯޓް ވަނީ ކުރުގަންނަވާލާފައި ކަމަށާއި އޭގެ ބައެއްތަންތަން މަދުކޮށް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

އޭސީސީއިން ނެރުނު ރިޕޯޓާއި ގުޅިގެން ގާސިމް ވިދާޅުވީ އެ ރިޕޯޓުގައިވާ ފަރާތްތައް ފުރިހަމަ ނުވާކަމަށެވެ. އަދި އެ ލިސްޓު ފުރިހަމަ ކުރުމަށް ވަނީ އޭސީސީއަށް ގޮވާލައްވާފައެވެ. "ކެޔޮކޭވަރު އެނގޭނީ އޭރުން" ކަމަށް ގާސިމް ވިދާޅުވިއެވެ.

"އެތައް ބައިވަރު މީހުން އުޅޭނެކަން ވަރަށް ސާފުކޮށް އެނގެއޭ. އެއީ ރާއްޖޭގައި ހިނގި އެންމެ ބޮޑު ޚިޔާނާތް ދައުލަތުގެ މުދަލަށް ޚިޔާނާތްވުން. އެހެން ވީއިރު އެކަންކަން އެބަ ބަލަންޖެހޭ. ހާމަ ނުކުރާ ލިސްޓް ނުފެންނަ ލިސްޓްވެސް ހާމަ ކުރަންޖެހޭކަން އަޅުގަނޑުދަންނަވާލަން ބޭނުންވަނީ. އޭރުން އެނގޭނީ ބިތު ފަންގި ނެގީމަ ކެޔޮކޭ މިންވަރު." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ނަގުދު ފައިސާ ނެގި މީހުންގެ ނަންތައް ވެސް އޭސީސީއިން ހާމަ ކުރަންޖެހޭ ކަމަށެވެ.

ގާސިމް ވިދާޅުވީ އެމްއެމްޕީއާރްސީގެ ރިޕޯޓް އެއްކޮށް ފުރިހަމަނުވާ ކަމަށާއި ހަމައެކަނި ފެންނަން އޮތީ ބޭންކް ޓްރާންސެކްޝަންތައް އެކަނި ކަމަށެވެ. އަދި އެމްއެމްޕީއާރުސީއިން އަތުން އަތަށް ފައިސާ ދިން އެއްވެސް ފަރާތެއްގެ ނަމެއް ނެތް ކަމަށް ވިދާޅުވިއެވެ.

އޭސީސީން ނެރުނު އެމްއެމްޕީއާރްސީގެ ރިޕޯޓުގައި އެސްއޯއެފް އާއިއެކު ވިޔަފާރީގެ މުއާމަލާތްތައް ކޮށްފައިވާ ކުންފުނިތަކުގެ ފަރާތުން މައުލޫމާތު ހޯދާފައި ނުވާކަމަށް އެކުންފުނިތަކުން ދަނީ ބުނަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
17 ފެބްރުއަރީ 2019 | އާދީއްތަ 05:35
Aisha
Athun athah dhinkan fennan nethiyyaa kihineh haama kuraane haadha heevey gasim ah hurihaa ehche ves ingey hen. Gasim fuluhah haaziru koh thahugeegu kuran jihey.