Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 09:45
ގާސިމް އިބްރާހިމް
ގާސިމް އިބްރާހިމް
ރާއްޖެ އެމްވީ
އެމްއެމްޕީއާރްސީގެ ހިޔާނާތް
ވިލާއިން އެސްއޯއެފްގެ ޑޮލަރު ގަތީ އެމްއެމްޕީއާރުސީގެ ފައިސާ ކަން ނޭނގި: ގާސިމް އިބްރާހިމް
ވިލާޓްރެވަލްސްއަށް ވިއްކި ޑޮލަރުގަތުމުގެ މުއާމަލާތަކީ ސައްޙަ މުއާމަލާތެއް

ވިލާ ޓްރެވަލްސްއިން ޑޮލަރު ގަތީ އެމްއެމްޕީއާރުސީގެ ފައިސާ ކަން ނޭނގި ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރ ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

މަޖިލިސް އިންތިޚާބުގެ ކެންޕެއިން އިފްތިތާހު ކުރުމަށް އދ. ފެންފުށީގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ އެކުންފުނީގެ ޑޮލަރު އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގެ ފައިސާތައް ޖަމާކޮށްފައިވާ ކުންފުނިން ވިލާޓްރެވަލްސްއަށް ވިއްކި ޑޮލަރުގަތުމުގެ މުއާމަލާތަކީ ސައްޙަ މުއާމަލާތެއް ކަމަށެވެ.

ގާސިމް ވިދާޅުވީ އެކުންފުންޏަށް އަބަދުވެސް ޑޮލަރު ބޭނުންވާ ކަމަށާއި އެއާލައިންތަކުގެ ޓިކެޓްތައް އެކުންފުނިން ދިވެހި ރުފިޔާއިން ވިއްކާއިރު އެއަގަށްވާ ފައިސާ ވިލާޓްރެވަލްސްއިން އެއާލައިންތަކަށް ދައްކަންޖެހެނީ ޑޮލަރުން ކަމަށެވެ. އެހެން ކަމުން އެހެން ކުންފުނިތަކުން ވެސް ޑޮލަރު ގަންނަ އުސޫލުން އެސްއޯއެފުން ވެސް ޑޮލަރު ގަތީ ކަމަށް ވިދާޅުވިއެވެ.

ވިލާ ޓްރެވަލްސްއަކީ ދުނިޔޭގެ އެތަށް ބަޔަކަށް ދިވެހި ރުފިޔާއިން ޓިކެޓް ވިއްކަމުންދާ ބައެއް ކަމަށާއި އެކަމަކީ ސަރުކާރުން މަޖުބޫރު ކުރުވާފައިވާ ކަމެއް ކަމަށް ވިދާޅުވިއެވެ.

" އެބުނާ ކުންފުންޏަކުން ޑޮލަރު ދެ ފަހަރެއްގެ މަތިން ބެންކް ޗެކުން ލާރިތައް ލިބުނީމާ އެއަށް ދިވެހި ފައިސާ ބަރާބަރަށް ދައްކާފައި އޮންނާނީ. އެލިޔެކިޔުންތައް އެބަހުރި.  އެމައްސަލާގައި އެމްއެމްޕީއާރްސީގެ ފައިސާކަމަށްވިޔަސް އަދި އެހެން ފައިސާއެއް ކަމަށްވިޔަސް އަޅުގަނޑުމެންނަށް އިނގޭނެ އެއްވެސް ގޮތެއް އޮންނާނެތޯ، އެއީ އެމްއެމްޕީއާރްސީގެ ފައިސާކަން ނުވަތަ ނޫންކަން، ޑޮލަރު ވިއްކަން އައި މީހަކު ޑޮލަރު ގަންނަން އައީމަ ވިއްކާނެ،" ގާސިމް ވިދާޅުވި އެވެ.

އޭސީސީން ހާމަކޮށްފައިވާ އެމްއެމްޕީއާރުސީގެ ރިޕޯޓުގައި ވާގޮތުން އެސްއޯއެފުން 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ވިލާ ޓްރެވަލްސްއަށް 700،000 ޑޮލަރު ދިން ކަމަށް ވެއެވެ.

އެސްއޯއެފްގެ އެކައުންޓުން ޑޮލަރު ގަތުން އެއީ  ކުށެއް ނޫންކަމަށާއި އެއީ ކުށެއްގެ ގޮތުގައި ދެއްކުމަށް ބައެއް ފަރާތްތަކުން މަސައްކަތް ކުރަމުން ދާ ކަމުގައި ވެސް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ އެސްއޯއެފާއި ވިލާޓްރެވަލްސްގެ މުއާމަލާތްތައް އޭސީސީގެ ރިޕޯޓުގައި ހިމަނާފައި ވީނަމަވެސް އެކަމާ ގުޅޭ ގޮތުން ވިލާ ޓްރެވަލްސް އަދި ވިލާގުރޫޕުގެ އެއްވެސް ފަރާތަކާވެސް އޭސީސީން ސުވާލުކޮށް މައުލޫމާތު ހޯދާފައި ނުވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
17 ފެބްރުއަރީ 2019 | އާދީއްތަ 05:47
އަބްސީ
ތީހަމަ ހުދު ފޮތިކޮޅެއް