Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 10:36
މިލޭނިއަމް ޔޫތު އެމްބެސެޑަރ އައިޝަތު ރިޝްފާ
މިލޭނިއަމް ޔޫތު އެމްބެސެޑަރ އައިޝަތު ރިޝްފާ
މުހައްމަދު ޝަރުހާން
މޮޑެލް ޔުނައިޓެޑް ނޭޝަންސް ކޮންފަރެންސް
އިންޓަރނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސް 2019 ކޮންފަރެންސް ފަށަނީ
މިކޮންފަރެންސްގައި ރާއްޖެ ތަމްސީލް ކުރާނީ ރަފީ އެންޖީއޯގެ ފަރާތުން
މި ކޮންފަރެންސްގައި ރާއްޖޭގެ 6 ޒުވާނުން ބައިވެރިވުމަށް ފުރުސަތު ލިބިފައިވޭ
މިފަހަރުގެ ކޮންފަރެންސްގެ ތީމަކީ "ވެއަރ ޔުއަރ ވޮއިސް މެޓަރސް"

އިންޓަރނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސްގެ މިއަހަރުގެ ކޮންފަރެންސް ވިއެޓްނާމްގައި ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

މި ކޮންފަރެންސްއާ ބެހޭ ގޮތުން ރާއްޖެ އެމްވީއާއި ވާހަކަ ދައްކަވަމުން މިލޭނިއަމް ޔޫތު އެމްބެސެޑަރ އައިޝަތު ރިޝްފާ ވިދާޅުވީ މިފަދަ ކޮންފަރެންސެއް ބޭއްވުމުގެ މަގުސަދަކީ ކޮންމެ ގައުމަކަށް ވެސް ކުރިމަތިވާ ދަތިތަކާއި އަދި އެ ދަތިތައް ހައްލު ކުރުމަށް އެކި ގައުމުތަކުގެ ޒުވާނުން އެއްތަނަކަށް އެއްވެ މަޝްވަރާކޮށް ހައްލު ގެނައުން ކަމަށެވެ.

މީގެ އިތުތުރުން 20 30 ގެ އެސްޓީޖީ ގޯލްސް ހާސިލް ކުރުމަށް ޔޫއެންއިން ކުރަމުންދާ މަސައްކަތްތަކަށް ދެވޭ އެއްބާރު ލުމެއްގެ ގޮތުގައި މި ކޮންފަރެންސް ފާހަގަ ކުރެވޭ ކަމަށެވެ.

ރިޝްފާ ވިދާޅުވީ މިކޮންފަރެންސްގައި ރާއްޖެ ތަމްސީލް ކުރާނީ ރަފީ އެންޖީއޯގެ ފަރާތުން ކަމަށާއި މިފަހަރުގެ މި ކޮންފަރެންސްގައި އެ ޖަމުއިއްޔާއިން 6 ޒުވާނުން ބައިވެރިވުމަށް ފުރުސަތު ލިބިފައިވާއިރު މިހުރިހާ ފަރާތްތަކަކީވެސް އަންހެން ކަނބަލުން ކަމަށެވެ.

މި ކޮންފަރެންސްއަށް ޒުވާނުން ހޮވާފައިވާ ގޮތާއި ބެހޭގޮތުން ވާހަކަ ދައްކަވަމުން މިލޭނިއަމް ޔޫތު އެމްބެސެޑަރ އައިމިނަތު ރީމާ ވިދާޅުވީ ރަފި އެންޖީއޯގެ ފޭސްބުކު ޕޭޖުންނާއި އަދި  އިންޓަރނޭޝަނަލް މޮޑެލް ޔުނައިޓެޑް ނޭޝަންސްގެ ފޭސްބުކް ޕޭޖުން ވެސް މި ކޮންފަރެންސް އޮތްކަން ހާމަކުރަމުން ދިޔަކަމަށާއި އެގޮތުން ކޮންމެ ޒުވާނަކަށް ވެސް ކުރިމަތި ލުމުގެ ފުރުސަތު އޮތް ކަމަށެވެ.

އެގޮތުން ކުރިމަތި ލި ހުރިހާ ޒުވާނުންގެ މެދުގައި ސްކްރީން ކުރެވި ދުނިޔޭގެ ފެންވަރުގަޔާއި ގައުމީ ފެންވަރުގައި ގައުމުތަކަށް ދިމާވެފައިވާ މައްސަލަ ތަކަށް އަހުލުވެރިވެ އަދި އެފަދަ ކަންކަމަށް ޝައުގުވެރިވާ ޒުވާނުންނަށް އިސްކަން ދީފައިވާ ކަމަށެވެ.  

ކޮންފަރެންސް ކުރިއަށްދާނެ ގޮތާއި ބެހޭގޮތުން ވާހަކަ ދައްއްކަވަމުން ރިޝްފާ ވިދާޅުވީ ސެކުރިޓީ ކައުންސިލުން ގައުމުތަކުގެ ހަމަޖެހުމާއި އަދި ހަމަޖެހުން ގާއިމް ކުރުމަށް އެޅިދާނެ ފިޔަވަޅު ތަކާއި މެދު މަޝްވަރާ ކުރެވެމުންދާއިރު ޑަބްލިއު އެޗްއޯއިން ގައުމުތަކަށް ސިއްހީގޮތުން ދިމާވެފައިވާ މައްސަލަތަކާއި ބެހޭގޮތުން ވާހަކަ ދައްކާ މަޝްވަރާ ކުރާނެ ކަމަށެވެ.

މީގެ އިތުރން އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް އިން ގައުމުތަކުގައި ހަމަހަމަކަން ގާއިމް ކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި އޭގެ ހައްލާއި އަދި އެކަން އިތުރަށް ހަރުދަނާކުރުމަށް ގެންގުޅެވިދާނެ އުސޫލު ތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވިގެން ދާނެ ކަމަށެވެ.

މީގެ އިތުރުން ޔޫއެން ވުމެންސް ކޮމެޓީން އަންހެނުންގެ ބާރުވެރރިވުން އިތުރު ކުރާނެ ގޮތްތަކާއި ބެހޭގޮތުން ވާހަކަ ދައްކާއިރު ޔުނެސްކޯއިން ތައުލީމީ ނިޒާމާއި ގައުމުތަކުގެ ސަގާފަތް ދިރުވާ އާލާކޮށް ކުރިއަށް އޮތް ޖީލުތަކަށް ވާސިލް ކޮށްދެވޭނެ ގޮތްތަކާއި ބެހޭގޮތުން މަޝްވަރާ ކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ޔޫއެންޑީޕީން ގައުމުތަކުގެ ތަރައްގީއަށް އިތުރަށް ކުރެވެން ހުރި ކަންތައްތަކާއި ބެހޭގޮތުން ކަރުދާސް ހުށައެޅިގެން ދާއިރު ރާއްޖެއަށް ދިމާވެފައިވާ ތިމާވެށިގެ މައްސަލަތަކާއި މިނޫނަސް މިފަދަ އެތައް ކަމަކާއި ބެހޭގޮތުން ވާހަކަ ދެކެވިގެން ދާނެ ކަމަށެވެ

މި ކޮންފަރެންސް ފުރަތަމަ ބާއްވާފައިވަނީ 2018 ވަނަ އަހަރު ބެންކޮކު ގައެވެ. މިއަހަރު މި ކޮންފަރންސް އޮންނާނީ ވިއެޓްނާމްގައި ފެބުރުއަރީމަހުގެ 21 އިން 23 ގެ ނިޔަލަށް ކަމަށެވެ. މި ކޮންފަރެންސްގައި ޔޫއެންގެ 103 ގައުމަކުން ބައިވެރިވާނެ ކަމުގެ މައުލޫމާތު ލިބިފައި ވެއެވެ. މިފަހަރުގެ ކޮންފަރެންސްގެ ތީމަކީ "ވެއަރ ޔުއަރ ވޮއިސް މެޓަރސް" އެވެ.

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް