Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 08:35
ރޭ ދަންވަރު ހިނގި އެކްސިޑެންޓް
ރޭ ދަންވަރު ހިނގި އެކްސިޑެންޓް
ޕޮލިސް
ހައިވޭ އެކްސިޑެންޓް
ބްރިޖް ހައިވޭގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެ ގޮސް މޫދު ތޮށްޓަށް
އެކްސިޑެންޓް ވެފައިވަނީ ރޭ ދަންވަރު

ހުޅުމާލެއިން މާލެއަށް ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރެއް ކޮންޓްރޯލް ނުވެގޮސް ހައިވޭގެ އިރުމަތީ މޫދު ތޮށްޓަށް އަރައި އެކްސިޑެންޓް ވެއްޖެއެވެ.

ފުލުހުން ބުނީ ހޮނިހިރު ދުވަހުގެ ރޭ ދަންވަރު 03:05 ހާއިރު ހިނގި އެކްސިޑެންޓް ވީ ޕްރައިވެޓް ކާރެއް ކަމަށެވެ. އެކްސިޑެންޓް ވީ ހައިވޭގެ އިރުމަތީ ފަޅީގެ ޖަހާފަހުރި ފެންސް ފަޅާލާފައި ގޮސް އެމަގުގައި ޖަހާފައި ހުރި ހޮޅި ދަނޑިއެއްގައި ޖެހިފައި ގޮސް މޫދު ތޮށީގައި ޖެހި ކަމަށް ފުލުހުން ބުނެއެވެ. 

މި އެކްސިޑެންޓް ގައި އަނިޔާވެފައިވައިވަނީ 24 އަހަރުގެ ފިރިހެނަކާއި 20 އަހަރުގެ ފިރިހެނެކެވެ. އެކްސިޑެންޓް ހިނގި އިރު ކާރު ދުއްވަން އިނީ 24 އަހަރުގެ ފިރިހެނެކެވެ. ދެމީހުންނަށް ވެސް އެކިވަރުގެ އަނިޔާ ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި އެދެމީހުންނަށް ފަރުވާ ދެމުން ދަނީ ހުޅުމާލެ ހޮސްޕިޓަލުގައެވެ. 

 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
17 ފެބްރުއަރީ 2019 | އާދީއްތަ 03:51
ހަސަނު
ކާރު ދުއްވަން އިން މީހާގެ ނަންވެސް ހިމަނާލިނަމަ. ރާއްޖެ އެމް ވީ އަށް ހަމަ ނޭގެނީބާ؟