Advertisement
ކ. މާލެ
|
17 ފެބްރުއަރީ 2019 | އާދީއްތަ 03:49
ފުލުހުން ހޯދާފައިވާ ތަކެތި
ފުލުހުން ހޯދާފައިވާ ތަކެތި
ޕޮލިސް
ވައްކަމުގެ މައްސަލަ
ހިރިލަންދޫ ފިހާރައެއް ފަޅައިލާ، ނެގި ފައިސާ އާއި ސިގިރެޓާއިއެކު ދެ މީހަކު ހައްޔަރުކޮށްފި
ދެމީހުންގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައި

ތ. ހިރިލަންދޫ ފިހާރައެއް ފަޅާލައި ފައިސާ އާއި ސިނގިރެޓި ނެގިކަމުގެ ތުހުމަތުގައި ދެ މީހަކު ހައްޔަރު ކޮށްފިއެވެ. 

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، ހޮނިހިރު ދުވަހުގެރޭ ހިރިލަންދޫ ޕޮލިސްޓޭޝަނަށް ހުށައެޅުނު ވައްކަމުގެ މައްސަލަ އަކާއި ގުޅިގެން ފުލުހުން ހިންގި އޮޕަރޭޝަންގައި ވަގަށް ނަގާފައިވާ ފައިސާ ތަކާއި، 12 ފޮށީގެ ސިނގިރޭޓް އާއި އެކު އެ ކަމުގައި ބައިވެރިވި ދެ މީހަކު ހައްޔަރު ކޮށްފައިވާ ކަމަށެެވެ. 

މި މައްސަލާގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 25 އަހަރުގެ މީހަކާއި 31 އަހަރުގެ މީހެކެވެ. ސިގިރޭޓް ހޯދާފައި ވަނީ އުމުރުން 31 އަހަރުގެ މީހާ ދިރިއުޅޭ ގޭގެ ތެރޭގައި ހުރި ގުދަނެއްގެ ތެރެއިން ކަމަށާއި، ފައިސާ ފެނިފައިވަނީ އޭނާގެ ޖީބުން ކަމަށް ފުލުހުން ބުނެއެވެ. 

މި ދެމީހުންގެ ބަންދަށް ތ. ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަސް ޖަހާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ލީވާން އަލީ
- ކޮމެންޓް
17 ފެބްރުއަރީ 2019 | އާދީއްތަ 00:55
Rameez
ބަންދު ގެ މުއްދަތު ޖެހި ކޯޓް ގެ ނަން ރަގަޅެއްނޫން