Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 19:32
ކޯޕަރޭޓް ގަވަނަންސް ފޯ ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ބައިވެރިން
ކޯޕަރޭޓް ގަވަނަންސް ފޯ ޑިވެލޮޕްމަންޓް ޕްރޮގްރާމުގެ ބައިވެރިން
ޓްވިޓަރ
ތައުލީމާއި ތަމްރީން
ކޯޕަރޭޓް ގަވަރނަންސް ފޯ ޑައިރެކްޓަރސް ޕްރޮގްރާމް ބާއްވައިފި
މި ޕްރޮގްރާމ1ގައި 30 ފަރާތަކުން ވަނީ ބައިވެރިވެފައި

ރާއްޖޭގައި ފުޅާދާއިރާއެއްގައި ކޯޕަރޭޓް ގަވަރނަންސްގެ ފަންނީ ތައުލީމް ދިނުމަށް އުފައްދާފައިވާ "މޯލްޑިވްސް ކެޕޭސިޓީ ޑިވެލޮޕްމަންޓް އެންޑް ގަވަރނަންސް އިންސްޓިޓިއުޓް- MCDGI" އިން ސިލްސިލާކޮށް ކުރިއަށްގެންދާ ކޯޕަރޭޓް ގަވަރނަންސް ފޯރ ޑައިރެކްޓަރސް" ޕްރޮގްރާމުތަކުގެ ތެރެއިން ފެބްރުއަރީ މަހުގެ ޕްރޮގްރާމު ބާއްވައިފިއެވެ.

 މޫކައި ސޫޓްގެ ކޮންފަރެންސް ހޯލްގައި ހޮނިހިރު ދުވަހު ބޭއްވި މި ޕްރޮގްރާމު އަމާޒު ކުރެވިފައި ވަނީ ކުނފުނިތަކުގެ ޑިރެކްޓަރުންނާއި، ޕްރޮފެޝަނަލް ލެވަލްގައި މަސައްކަތްކުރާ ފަރާތްތަކަށާއި އަދި ޑިރެކްޓަރުންގެ ބޯޑު މެންބަރުކަން އަދާކުރުމަށް ޝައުގުވެރިވާ ފަރާތްތަކަށެވެ.

މި ޕްރޮގްރާމުގައި ހުށަހަޅައިދިން މައިގަނޑު ބައިތަކުގެ ތެރޭގައި ކޯޕަރޭޓްގެ ގަވަންނަންސް އުސޫލުތައް މުހިއްމުވާ ސަބަބުތައް، ކުންފުނީގެ އޮނިގަނޑު ކޯޕަރޭޓް ގަވަނަންސް އުސޫލުތަކާއި އެއްގޮތަށް ބައްޓަން ކުރުމާއި ބައިނަލްއަގްވާމީ ބެސްޓް ޕްރެކްޓިސްތައް ބައިވެރިންނަށް އޮޅުންފިލުވައިދިނުން ހިމެނެއެވެ.

 މި ޕްރޮގްރާމުގައި ރައީސް އޮފީސް، މިނިސްޓްރީ އޮފް ފިނޭންސް، އެންޓި ކޮރަޕްޝަން ކޮމިޝަން، އޮޑިޓް އޮފީސް، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން، މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖް، ފެނަކަ ކޯޕަރޭޝަން ޕްރައިވެޓް ސެކްޓަރގެ ކުނފުނިތަކުގެ އިތުރުން އެންޖީއޯތަކުގެ އެގްޒެކްޓިވް މެންބަރުން ހިމެނޭ ގޮތަށް 30 ފަރާތަކުން ވަނީ ބައިވެރިވެފައެވެ.

މި ޕްރޮގްރާމު ޝަރަފްވެރި ކޮށްދެއްވާފައި ވަނީ މޯލްޑިވްސް ސްޓޮކް އެކްސްޗޭންޖްގެ ސީއީއީ މުހައްމަދު އައުޝަން ލަތީފްއެވެ.

މި ޕްރޮގްރާމު ފެސިލިޓޭޓް ކޮށްދެއްވާފައި ވަނީ އެމްސީޑީޖީއައިގެ ރިސޯސް ބޭފުޅުން ކަމުގައިވާ ނޫރުބާން ފަހުމީ އާއި މަރިޔަމް ޝަވާދިން އަބްދުﷲއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް