Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 17:17
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިމަން ރަޝީދު
ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިމަން ރަޝީދު
ރާއްޖެއެމްވީ
އެމްއެމްޕީއާރްސީ
ހިޔާނާތުގައި ބައިވެރިވި މީހުންނަށް އަދަބުނުދެވޭ ނަމަ އެއީ އިޔާދަނުކުރެވޭ ވަރުގެ ބޮޑު ގެއްލުމެއް: އައިމަން
އަދަބު ނުދީފި ނަމަ އެއީ ވައްކަން ކުރުމަށް ހިތްވަރު ދިނުން
ގިނަ ވިޔަފާރިވެރިންނާއި، ސިޔާސީ ބޭފުޅުން ހިޔާނާތުގައި ވަނީ ބައިވެރިވެފައި

އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި އެންމެހާ ފަރާތްތަކަށް ހައްގު އަދަބު ނުދެވޭނެ ނަމަ އެއީ ރައްޔިތުންނަށް ދެވޭ އިޔާދަނުކުރެވޭނެ ބޮޑު ގެއްލު ކަމަށް ޓްރާންސްޕޭރަންސީ މޯލްޑިވްސްގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރު އައިމަން ރަޝީދު ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގައި ވާހަކަ ދައްކަވަމުން އައިމަން ވިދާޅުވީ، އެމްއެމްޕީއާރްސީ ހިޔާނާތަކީ ދައުލަތުގެ ވަރަށް ގިނަ ފަރާތްތަކެއް ގުޅި ލާމެހިގެން ހިންގާފައި އޮތް ކޮރަޕްޝަނެއް ކަމަށާއި، މިކަމުގައި ބައިވެރި ހުރިހާ ފަރާތްތައް ޖަވާބުދާރީކޮށް، ހައްގު އަދަބުދޭން ޖެހޭ ކަމަށެވެ. އަދި މިއީ ރައްޔިތުންގެ ހައްގުގައި ކުރަންޖެހޭ ކަމެއް ކަމަށް އައިމަން ވިދާޅުވިއެވެ.

އައިމަން ވިދާޅުވީ މި ހިޔާނާތުގައި އަދަބު ލިބެންޖެހޭ މީހުންނަށް އަދަބު ނުދީފި ނަމަ މިގައުމާއި، މިގައުމުގެ މުސްތަގުބަލަށް އެދެވެނީ ވަރަށް ގޯސް މެސެޖެއް ކަމަށާއި، މިކަމުގެ ސަބަބުން އިޔާދަނުކުރެވޭވަރުގެ ބޮޑު ގެއްލުންތަކެއް ކުރިއަށް އޮތްތަނުގައި ވެސް ފެނިގެންދާނެ ކަމަށެވެ.

"މިދެވޭ މެސެޖަކީ ކިތަންމެ ކޮރަޕްޝަން އަމަލެއް ހިންގި ނަމަވެސް ފަސާދައިގެ އަމަލުތައް ހިންގި ނަމަވެސް ރައްޔިތުންގެ ފައިސާއިން ވައްކަން ކުރިކަމުގައި ވިޔަސް އެއްވެސް ކަހަލަ އަދަބެއް ނުލިބޭނެ. އަދި ވަކިން ޚާއްސަކޮށް ސިޔާސީ ގޮތުން ނުފޫޒު ގަދަ ބާރު ގަދަ ވެއްޖެ ނަމަ ނޫނީ އިގްތިސާދީގޮތުން މާލީ ގޮތުން ބާރުގަދަ ވެއްޖެއްޔާ އެފަރާތްތަކަށް ސަލާމަތްވެގެން އެބަ ދެވޭ. މިއީ ވަރަށް ގޯސް މެސެޖެއް،" އައިމަން ވިދާޅުވިއެވެ.

އައިމަން ވިދާޅުވީ ހިޔާނާތުގެ މައްސަލާގައި އެ ފަރާތްތަކަށް ހައްގު އަދަބު ނުދީފި ނަމަ އެއީ ފަސާދައާއި، ވައްކަން ކުރުމަށް ހިތްވަރު ދިނުން ކަމަށެވެ.

މީގެ އިތުރުން އައިމަން ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވީ ހަމައެކަނި ކުރީގެ ރައީސް ޔާމީންނާއި، އާޒިމާ ޝަކޫރު ނޫންކަން ހާމަވެފައިވާ ކަމަށާއި، ގިނަ ވިޔަފާރިވެރިންނާއި، ސިޔާސީ ބޭފުޅުން ހިމެނޭ ކަމަށެވެ.

އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ރިޕޯޓު އޭސީސީން އާންމުކުރި ނަމަވެސް ބައެއް ފަރާތްތަކުން އެރިޕޯޓާ މެދު ސުވާލުއުފައްދާފައި ވާތީ އައިމަން ވިދާޅުވީ މީގެ ކުރިން އޭސީސީން އަމަލުކުރި ގޮތުން ސުވާލު އުފެއްދުމުގެ ޖާގަ އެބައޮތް ކަމަށެވެ. އަދި މިފާއިތުވެދިޔަ ދުވަސްތަކުގައި މައުލޫމާތުތައް އާންމުނުކޮށް ސިއްރު ކުރުމަކީ ކަންބޮޑުވުމެއް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
15 ޖުލައި 2019 | ހޯމަ 17:20
ށިގޮމަކަސްތޫރި
ޜ ޓީ ވީގެ އަކުރަމް އައި މަހުލޫފް ކޮބާ މައުސޫމް ކޮބާ ޖ އެމް އާރު12 މިލިއަން ކޮބާ އަންނި ވަގު ކޮބާމުލު ވަގު އިބޫ
13 ޖުލައި 2019 | ހޮނިހިރު 05:22
ރެކިފުތާ
ޙިޔާނާތް އެކަންޏެއްނޫން. މިއަދު ދިވެހި ރައްޔިތުންނަށް ލިބިގައި މިއޮށް ފުރުސަތުގެ ބޭނުން ނުކުރެވިއްޖެނަމަ ދެން ދުވަހަކުވެސް މިގައުމު އަނބުރާ އަންނަން އޮތްޖީލަށް ރައްދުކުރަން ހިޔާލަށްވެސް ގެންނާނެ ކަމެއްނެތް. ދެން މިގައުމު އަރާނީ ވަގުންގެ އަތްމައްޗަށް. އޭރުން ދެން ނާށިގަނޑު ހިފައިގެން ޒުވާނުން އުޅޭތަން ފެނުން ވަރަށްކައިރި. ކިޔަވަންދާން ލޯނުގަނޑެއްހާ ހިސާބުވެސް ނުލިބޭ. ކިޔަވަންވީ މަންދު ކޮލެޖުން. އެކޮލެޖުން ކިޔަވައޮގެން ނިކުންނަ މީހުންވަނީ ހުދުޖަންގިޔާ ކަހަލަ ފަނޑިޔާރުންނަށް.