Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 14:45
ޑޮކްޓަރަށް ދެއްކުމަށް ހޯރަފުއްޓަށް ވަނީ ގިނަ ބަޔަކު ގޮސްފައި
ޑޮކްޓަރަށް ދެއްކުމަށް ހޯރަފުއްޓަށް ވަނީ ގިނަ ބަޔަކު ގޮސްފައި
މުހައްމަދު ޝަރުހާން
ހޯރަފުށީ ދާއިރާ
ހޯރަފުށީ މެޑިކަލް ކޭމްޕެއް ވަރަށް ކާމިޔާބު!
ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގާ
ތިން ރަށުން 120 އަށް ވުރެ ގިނަ މީހުން ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓްކޮށްފައިވޭ

ހޯރަފުށީ ދާއިރާގައި ހިމެނޭ ހޯރަފުށި، ތުރާކުނު އަދި އުލިގަމު ރައްޔިތުންނަށް އަމާޒުކޮށްގެން ހޯރަފުށީގައި ބާއްވާ މެޑިކަލް ކޭމްޕް ފަށައިފިއެވެ.

ހއ. ހޯރަފުށީގައި ބާއްވާ މި މެޑިކަލް ކޭމްޕަކީ މޯލްޑި-ކެއާރ ކްލިނިކާއި، އެރަށު ސިއްހީ މަރުކަޒާއި އަދި ކައުންސިލް ގުޅިގެން ކުރިއަށް ގެންދާ މެޑިކަލް ކޭމްޕެކެވެ.

ހޯރަފުށީ ކައުންސިލްގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ މެޑިކަލް ކޭމްޕް ވަރަށް ކާމިޔާބު ކަމަށާއި، ހީކުރި ވަރަށް ބޮޑަށް އާންމުންގެ ތަރުހީބު މިކަމަށް ލިބެމުން އަންނަ ކަމަށެވެ. އޭނާ ވިދާޅުވީ ހޮނިހިރު ދުވަހު ހެނދުނު 8:00 ގައި ޚިދުމަތް ދޭން ފެށި ކަމަށާއި، ގިނަ އަދަދެއްގެ ބަޔަކު ޑޮކްޓަރަށް ދެއްކުމަށްޓަކައި އެރަށް ގޮސްފައިވާ ކަމަށެވެ.

ވަހީދު ވިދާޅުވީ ހޯރަފުށީގެ އިތުރުން އެހެން ރަށްރަށުން ޑޮކްޓަރަށް ދެއްކުމަށްޓަކައި 50 އަށް ވުރެ ގިނަ ރައްޔިތުން މިއަދު އެރަށަށް އައިސްފާއިވާ ކަމަށާއި، މިހާރު ވެސް ނަން ނޯޓު ކުރުމަށް ގުޅާ ކަމަށެވެ.

ދާއިރާގެ ތިން ރަށުން 120 އަށް ވުރެ ގިނަ މީހުން މި ކޭމްޕްގައި ޑޮކްޓަރަށް ދެއްކުމަށް ނަން ނޯޓްކޮށްފައިވާކަން ފާހަގަކުރައްވައި ވަހީދު ވިދާޅުވީ މި ކޭމްޕް ކުރިއަށް ދާނީ އިރުއޮއްސި 18.00 އަށް ނަމަވެސް ނަންނޯޓްކޮށްފައި ތިބި ހުރިހާ ފަރާތްތަކަށް ފުރުސަތު ދިނުމަށް ވަގުތު އިތުރުކުރަން ޖެހިއްޖެ ނަމަ އެކަން ކުރައްވާނެ ކަމަށެވެ.

ވަހީދު ވިދާޅުވީ މިފަދަ ކޭމްޕެއްގެ ސަބަބުން ދާއިރާއިން ޑޮކްޓަރަށް ދައްކަން ބޭނުންވެފައި ތިބި ވަރަށް ގިނަ އަދެއްގެ ފަރާތްތަކަށް އެއް ފަހަރާ ފުރުސަތު ލިބިގެންދާނެ ކަމަށެވެ. އަދި ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ފީއެއް ނުނަގާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

އުލިގަމާއި ތުރާކުނުން ޑޮކްޓަރަށް ދެއްކުމަށްޓަކައި ހޯރަފުއްޓަށް އަންނަ އެ ދެރަށުގެ ރައްޔިތުންގެ ހުރުމާއި ކެއިން ބުއިމުގެ ކަންކަމާއި ހަވާލުވީ ހޯރަފުށީގެ ކަނބަލުންނެވެ.

ހޮނިހިރު ދުވަހު އޮންނަ މެޑިކަލް ކޭމްޕްގައި ބަައްލަވާ ޑޮކްޓަރުންގެ ޓީމް ހުކުރު ދުވަހު ހޯރަފުއްޓަށް ވަޑަައިގަތުމާއިއެކު ރަށުގެ ކައުންސިލާއި، ސިއްހީ މަރުކަޒުގެ އިސްވެރިންގެ އިތުރުން ހޯރަފުށީގެ ރައްޔިތުން އެޓީމަށް ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް
16 ފެބްރުއަރީ 2019 | ހޮނިހިރު 10:50
ހޯރަ
އިންތިހާބާ ދިމާކޮށް އެމް.ޑީ.ޕީ ޓިކެޓުގައި ވާދަ ކުރާ ކެޑިޑޭޓް އަހްމަދު ސަލީމް ހުރިހާ ޚަރަދެއްކޮށްގެން ކުރިޔަށް ގެންދާކަމެެއް. އޮޅުވާލިޔަސް ބޮޑުވަރު