ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 14:54
ލިސްޓްގައި ހިމެނިފައިވާ ކޮންރެޑް ރިސޯޓް
ލިސްޓްގައި ހިމެނިފައިވާ ކޮންރެޑް ރިސޯޓް
ކޮންރެޑް ހޮޓެލްސް & ރިސޯޓްސް
ފަތުރުވެރިކަމުގެ ދާއިރާ
ދުނިޔޭގެ އެންމެ ރޮމޭންޓިކް 50 ހޮޓަލުގެ ލިސްޓްގައި ރާއްޖެ ހިމެނިއްޖެ!
ރާއްޖޭގެ 4 ރިސޯޓެއް ވަނީ ހިމެނިފައި

ދުނިޔޭގެ އެންމެ ރޮމޭންޓިކް 50 ހޮޓަލުގެ ލިސްޓްގައި ރާއްޖެ ހިމެނިއްޖެއެވެ.

ގްލޯބަލް ޓްރެވަލް ސައިޓް "ބިގް 7 "ގައި ރާއްޖޭގެ ހަތަރު ރިސޯޓެއް ހިމެނިފައިވާއިރު އެ ރިސޯޓްތަކަށް ވަނީ އެކި ރޭންކްތައް ލިބިފައެވެ. ކޮންރަޑް މޯލްޑިވްސް ރަންގަލި އައިލެންޑަށް ރޭންކް 5 ލިބިފައިވާއިރު ވޭލާ ޕްރައިވެޓް އައިލެންޑަށް ލިބިފައި ވަނީ ރޭންކް 11 އެވެ. އަދި ވެލިގަނޑު އައިލެންޑް ރިސޯޓަށް ރޭންކް 28 ލިބިފައިވާއިރު ކަނދޮޅު ރިސޯޓަށް ލިބިފައި ވަނީ ރޭންކް 43 އެކެވެ.

ގްލޯބަލް ޓްރެވަލް ސައިޓުން ބުނާ ގޮތުން ފައިނަލް ރޭންކް ކަނޑައަޅައިފައި ވަނީ ޓްރެވެލް ވޯލްޑް ބެސްޓް އެވޯޑްސް 2018 ގެ ރޮމޭންޓިކް ހޮޓެލްސް ކަލެކްޝަންސް އާއި ޓްރިޕް އެޑްވައިޒަރ ޓްރެވެލާރސް ޗޮއިސް 2019ގެ ޓޮޕް 25 ހޮޓެލްސް ފޯ ރޮމޭންސްގެ ރޭންކިންގް އެއްކޮށްލައިގެންންވެ.

މި ލިސްޓުގެ އެއްވަނައިގައި އިންޑިއާގެ ތާޖް ލޭކް ޕެލެސް ހިމެނިފައިވާއިރު ލިސްޓުގެ ފާހަގަކޮށްލެވޭ ރޭންކް ތަކުގައި ފްރާންސުގެ ޕްލާޒާ އެތީނީއާއި ފީޖީގެ ލައުކާލާ އައިލެންޑ ރިޒޯޓާއި އިޓަލީގެ ވިލާ ކޯރާ ވަނީ ހިމެނިފައެވެ.

- ކޮމެންޓް