Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 14:49
ފުލުހުން ކުރިއަށް ގެންދިޔަ މަހާސިންތާގެ ތެރެއިން
ފުލުހުން ކުރިއަށް ގެންދިޔަ މަހާސިންތާގެ ތެރެއިން
ޕޮލިސް
މޯލްޑިވްސް ޕޮލިސް ސަރވިސް
ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން ޑިވެލޮޕްމެންޓް މަހާސިންތާ އަތޮޅުތެރޭގައި ބާއްވައިފި
މަސައްކަތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރެއްވި

މޯލްޑިވްސް ޕޮލިސް ސަރވިސްގެ މަަސައްކަތްތައް މިހާރަށް ވުރެ ފުޅާކޮށް ފުލުހުންގެ ޚިދުމަތް ތަރައްގީކުރުމަށް ގެންނަޖެހޭ ބަދަލުތަކާ މެދު މަޝްވަރާކޮށް ފުލުހުންގެ މަސައްކަތްތައް އިތުރަށް ހަރުދަނާ ކުރުމުގެ މަޝްވަރާތަކަށް އަމާޒުކޮށްގެން ބާއްވާ ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން ޑިވެލޮޕްމެންޓް މަހާސިންތާ އަތޮޅުތެރޭގައި ބާއްވައިފިއެވެ.

އެގޮތުން ކުރިއަށް އޮތް ފަސް އަހަރަށް ފުލުހުންގެ ސްޓްރެޓެޖިކް ޕްލޭން އެކުލަވާލުމަށް ބާއްވަމުންދާ މަހާސިންތާތަކުގެ ތެރެއިން، ނޮދަން އޮޕަރޭޝަން ކޮމާންޑަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ށ. އަތޮޅު ފުނަދޫގައި ބާއްވާފައިވާއިރު ސަދަން އޮޕަރޭޝަން ކޮމާންޑަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ބާއްވާފައިވަނީ އައްޑޫސިޓީ ހިތަދޫގައެވެ.

ފުލުހުން ބުނީ ނޮދަން އޮޕަރޭޝަން ކޮމާންޑުގައި ހިމެނޭ ހއ، ހދ، ށ، ނ، ރ، ބ، ޅ. އަތޮޅުގެ އިތުރުން ކ. އަތޮޅާއި އއ، އދ، އަދި ވ. އަތޮޅަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ މިމަހު 12ން 14ށް ބާއްވާފައިވާއިރު، ސަދަން އޮޕަރޭޝަން ކޮމާންޑުގައި ހިމެނޭ މ، ފ، ދ، ތ، އަދި ލ. އަތޮޅުގެ އިތުރުން އައްޑޫސިޓީއާއި ފުވައްމުލައް ސިޓީއަށް ޚާއްސަކޮށްގެން ބޭއްވި މަހާސިންތާ ފެބުރުވަރީ 13ން 14ށް އައްޑޫސިޓީ ހިތަދޫގައި ބާއްވާފައިވާ ކަމަށެވެ. 

ފުލުހުން ބުނީ މިއަތޮޅުތަކުގައި މަސައްކަތްކުރަމުންދާ ފުލުހުންނާއި ސިވިލް މުވައްޒަފުންނަށް ޚާއްސަކޮށްގެން ކުރިއަށް ގެންދިޔަ މި ދެ މަހާސިންތާގައި، ކުރިއަށް އޮތް ފަސް އަހަރު މުއައްސަސާގެ ފެންވަރުގައި ހާސިލްކުރަން ބޭނުންވާ ލަނޑުދަޑިތަކަކީ ކޮބައިތޯއާއި އެމަގަށް ވާސިލްވުމަށް ކުރަންޖެހޭ މަަސައްކަތްތަކާއި، ދިމާވެދާނެ ގޮންޖެހުންތަކާއި ގުޅޭ ގޮތުން މުވައްޒަފުންގެ ޚިޔާލު ހޯދައި މަޝްވަރާކޮށްފައިވާ ކަމަށެވެ. 

މީގެ އިތުރުން ފުލުހުން ބުނީ ނޮދަން އޮޕަރޭޝަން ކޮމާންޑާއި ސަދަން އޮޕަރޭޝަން ކޮމާންޑުގައި ބޭއްވި މަހާސިންތާގައި ވެސް، ފުލުހުންގެ މަސައްކަތްތައް ލާމަރުކަޒީ އުސޫލުން ހިންގާއިރު މަސައްކަތްތައް އެއްގޮތްކުރުމާއި ފުލުހުންގެ މަަސައްކަތްތައް ކުރިއަށްގެންދިއުމުގައި ހުރި ދަތިތަކާއި އެކަންކަން ހައްލުކުރުމަށް އެޅިދާނެ ފިޔަވަޅުތަކާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. އަދި ފުލުހުންގެ މަރުކަޒުތަކުގައިހުރި ދަތިތަކާއި އެމަރުކަޒުތަކުންދޭ ޚިދުމަތްތައް ތަރައްގީކޮށް ކުރިއެރުވުމަށް ކުރެވިދާނެ ކަންކަމާ ގުޅޭ ގޮތުން މަޝްވަރާކުރުމަށް ހުޅުވައިލައި ކުށުގެ ހާލަތާއި މުވައްޒަފުންގެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކޮށްފައިވާ ކަމަށެވެ. 

ފުލުހުން ބުނީ މިއަތޮޅުތަކުގައި ހުރި ސަރުކާރުގެ މުއައްސަކާތަކާއި ޖަމްއިއްޔާތަކާއި އާންމު ރައްޔިތުންނަށް  ޚާއްސަކޮށްގެން ފޯރަމްތަކެއް ކުރިއަށް ގެންގޮސްފަވާ ކަމަށެވެ. އަދި ކުރިއަށްގެންދިޔަ ފޯރަމްތަކުގައި، ފުލުހުންގެ ޚިދުމަތްތައް އިތުރަށް ހަރުދަނާކޮށް ރަނގަޅުކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން ޚިޔާލު ހޯދައި މަޝްވަރާކޮށްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް