Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 13:02
ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ ފެށުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން
ޓްވިޓަރ
އެޑިއުކޭޝަން މިނިސްޓްރީ
ސުކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ ފަށައިފި
ރާއްޖޭގެ ހުރިހާ ސްކޫލުތަކެއް އިސްވެރިން ބައިވެރިވޭ

ސްކޫލުތަކުގެ އިސްވެރިންގެ މަހާސިންތާ ފަށައިފިއެވެ.

ހޮނިހިރު ދުވަހު ދަރުބާރުގޭގައި ފެށި މިމަހާސިންތާ އިފްތިތާފްކޮށްދެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ އައިޝަތު އަލީއެވެ.

ދެދުވަހަށް ކުރިއަށް ގެންދާ މިމަހާސިންތާއަކީ ނެޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެންއައިއީ) ގުޅިގެން ބާއްވާ މަހާސިންތާއެކެވެ. 

ރާއްޖޭގެ ހުރިހާ ސްކޫލުތަކެއްގެ ޕްރިންސިޕަލުން ފެންވަރުގެ ބޭފުޅުންނާއި އަދި އެޑިއުކޭޝަންގެ އެކި ޑިޕާޓްމަންޓްތަކުގެ އިސްވެރިން ބައިވެރިވާ މިމަހާސިންތާގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ.އައިޝަތު ވިދާޅުވީ މީގެ ކުރިން ތައުލީމީ ދާއިރާއަށް ނުގެނެވޭ ބޮޑު ބަދަލުތަކެއް މިވެރިކަމުގައި ގެނެވޭނެ ކަމަށާއި، ކުރިއަށް އޮތީ ކާމިޔާބު ދުވަސްތަކެއް ކަމަށެވެ.

މިމަހާސިންތާއަށް އަލިއަޅުއްވާލައްވާ މިނިސްޓަރު ވިދާޅުވީ ސްކޫލުތައް ކާމިޔާބުކޮށް ހިންގޭނީ ސްކޫލުތަކުގެ ވެރިންގެ ހިންމަތާ މިންނަތުން ކަމަށާއި، މިމަހާސިންތާގެ ސަބަބުން ވެސް އިތުރު ކުރިއެރުމެއް ލިބޭނެ ކަމަށް އުންމީދު ކުރާ ކަމަށެވެ.

މަހާސިންތާގެ ޝިއާރަކީ "މަދަރުސީ އިސްވާރުކަން ބަދީލީ ބަދަލުތަކަށް ހިތްޖެއްސުން" އެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް