Advertisement
ކ. މާލެ
|
16 ފެބްރުއަރީ 2019 | ހޮނިހިރު 11:39
ހދ.ނޮޅިވަރަމް
ހދ.ނޮޅިވަރަމް
ޓްރިޕްއެޑްވައިޒަރ
ހދ. ނޮޅިވަރަމް
ނޮޅިވަރަމުން ގޯއްޗަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފި
ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓްގެ 75 ގޯތި
މާޗްމަހުގެ 07 ވަނަ ދުވަހާ ހަމައަށް ގޯއްޗަށް އެދި ފޯމް ލެވޭނެ

ހދ. ނޮޅިވަރަމުން ބަންޑާރަ ގޯތި ދޫކުރުމަށް ކަނޑައެޅިފައިވާތީ މިގޯތިތަކަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ނޮޅިވަރަމު ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ ގޯއްޗަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށާއި، މާޗްމަހުގެ 07 ވަނަ ދުވަހާއި ހަމައަށް ގޯއްޗަށް އެދި ފޯމް ހުށަހެޅޭނެ ކަމަށެވެ.

ކައުންސިލުން ބުނީ ބަންޑާރަ ގޯތި ދޫކުރުމަށް މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ އިން ކަނޑައަޅާ ހުއްދަ ދީފައިވަނީ ނޮޅިވަރަމު އިރުމަތިކޮޅުން ކަމަށާއި، ދޫކުރުމަށް ހަމަޖެހިފައިވަނީ 3000 އަކަފޫޓްގެ 75 ގޯތި ކަމަށެވެ. އަދި ނޮޅިވަރަމުން ގޯއްޗަށް އެދި ހުށަހަޅާ ފޯމް ނޮޅިވަރަމު ކައުންސިލްގެ އިދާރާއިން ލިބެން ހުންނާނެ ވެސް ބަޔާނުގައިވެ. 

ކައުންސިލުން ބުނީ ގޯތި ދޫކުރުމަށް ހަމަޖެހިފައިވަނީ ގޯއްޗަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން "ނޮޅިވަރަމުން ދިރިއުޅުމަށް ބަންޑާރަ ގޯތި ދޫކުރުމަށް ޕޮއިންޓް ދިނުމުގެ އުސޫލް" އާއި އެއްގޮތަށް ޝަރުތުހަމަވާ ފަރާތްތަކަށް، މާރކްސްދީ، އެންމެމަތިން މާރކްސްލިބޭ ފަރާތްތަކަށް އިސްކަންދޭ ތަރުތީބުން ކަމަށެވެ. އަދި ތަރުތީބުން ގޯތި ދޫކުރަމުން ގޮސް، ދޫކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދަށް ވުރެ އިތުރަށް އެއްވަރަކަށް ޕޮއިންޓް ލިބިފައިވާ މީހުން ތިބިނަމަ އޭގެތެރެއިން ގޯތި ލިބޭމީހުން ކަނޑައަޅާނީ ގުރުއަތުލައިގެން ކަމަށް ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ ޕޮއިންޓް ލިބޭ މިންވަރަށްބަލައި އިސްކަންދޭ ތަރުތީބުން ގޯތިލިބޭ މީހުންގެލިސްޓަށް ހޮވޭ ދެމަފިރިއަކަށް ދެގޯއްޗެއް ނުލިބޭނެ ކަމަށާއި، އެދެމަފިރިންގެ ތެރެއިން ގޯތި ލިބޭނީ ނުވަތަ ގުރުއަތަށް ހޮވޭ މީހުންގެ ލިސްޓުގައި ހިމެނޭނީ ގޯއްޗަށް އެދި ހުށަހެޅި މީހުންގެ ތެރެއިން އިސްކަންދޭ ތަރުތީބުން އެދެމަފިރިންގެ ތެރެއިން އެންމެ މަތިން މާރކްސްލިބުނު ފަރާތެއް ކަމަށެވެ. އަދި އެންމެ މަތިން މާރކްސް ލިބޭ ފަރާތަށް ގޯތި ކަށަވަރު ވެއްޖެނަމަ، ދެމަފިރިންގެތެރެއިން ބާކީހުރި ފަރާތައް ގޯއްޗެއް ނުލިބޭނެ ކަމަށާއި، ގުރުއަތުގައި ބައިވެރިވެސް ނުވެވޭނެ ކަމަށް އެބަޔާނުގައި ވަނީ ބުނެފައެވެ.

މީގެ އިތުރުން ކައުންސިލުން ބުނީ ދެމަފިރިންގެ މާރކްސް އެއްވަރު ވެއްޖެނަމަ، ގޯތި ލިބޭނެ ފަރާތެއް ނުވަތަ ގުރުއަތުގައި ބައިވެރިވާނެ ފަރާތެއް ދެމަފިން ކަނޑައަޅަންވާނެ ކަމަށާއި، ކަނޑަނާޅައިފިނަމަ، ގުރުއަތުގައި ބައިވެރިވާނެ ފަރާތެއް ކަނޑައަޅާނީ އެދެމަފިރިންގެ ތެރޭގައި ގުރުއަތު ލައިގެން ކަމަށެވެ.

ގޯއްޗަށް އެދޭ މީހުންގައި ހުންނަންވާނެ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތެއް ކަމުގައި ވުން، އުމުރުން 18 އަހަރު ފުރިފައި ވުން، 600 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އަދި ގޯއްޗަކުން ބައެއްވިޔަސް އަމިއްލަ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއްވިޔަސް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން، އެއްމެދު ޢިމާރާތެއްގެ ފުލެޓެއްވިޔަސް އެމީހެއްގެ ނަމުގައި ރަޖިސްޓްރީ ވެފައި ނެތުން، އަނބިމީހާ ނުވަތަ ފިރިމީހާއަށް ގޯއްޗެއް ނުވަތަ ގޯއްޗަކުން ބައެއްވިޔަސް ލިބިފައި ނެތުން ނުވަތަ ހިބައަކުން ނުވަތަ ވަޞިއްޔަތުން އަދި ތަރިކައަކުންވެސް 600 އަކަފޫޓަށްވުރެ ބޮޑު ބިމެއް ލިބިފައި ނެތުން، ސަރުކާރުން ހަދާފައިވާ އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން، އަދި މިފަދަތަނެއް އަމިއްލަނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަދުވަސްވެފައިވުން އަދި އެއްމެދު އިމާރާތެއްގެ ފުލެޓެއް އެމީހެއްގެ ނަމުގައި ރަޖިސްޓްރީވެފައި ނެތުން ނުވަތަ މިފަދަ ތަނެއް އަމިއްލަ ނަމުގައި އޮވެ، މިތަން ދޫކޮށްލާ ނުވަތަ ވިއްކާފައިވާތާ 2 އަހަރު ދުވަހަށް ވުރެ ގިނަދުވަސްވެފައިވުން ހިމެނެއެވެ.

ކައުންސިލުން ބުނީ ދިރިއުޅުމަށް އެކަށީގެން ނުވާފަދަ ބިމަކުން ގޯތި ލިބިފައިވާ ފަރާތަކުން ގޯތިދޫކޮށްލައިފައިވާނަމަ އެފަދަ ފަރާތްތަކުން ގޯއްޗަށް އެދި ހުށަހެޅުމުން ގުރުއަތުގައި ބައިވެރިކޮށް ގޯތިދޫކުރެވޭނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 9 ގަޑިއިރު ކުރި
ރިވިއު ކުރީ: ހުޝާމް މުހަޢްމަދް
- ކޮމެންޓް
16 ފެބްރުއަރީ 2019 | ހޮނިހިރު 08:24
Robinson
good for Robinson Crusoe